ސިޔާސީ މީހުންގެ އަމަލާއި ބަހާއި އެއްގޮތް ނުވާނަމަ ގަައުމަށް ހަމަޖެހުމެއް ނާއްނާނެ ކަމަށް ނާއިބް ރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެެވެ.
ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި ކުރިއަށްގެންދިޔަ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ނާއިބް ރައީސް ހުސެއިން މުޙައްމަދު ލަތީފް ވަނީ އެމަނިކުފާނު ސިޔާސީ މަސްރަހަށް ވެދެވަޑައިގެންނެވި މައިގަނޑު ސަބަބު ހާމަކުރަށްވައިފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ސިޔާސީ ދާއިރާ އަށް ނިކުންނެވީ ސިޔާސީ ބޭފުޅުންގެ ބަހާއި އަމަލު އެއްގޮތްނުވާތީ، އެކަމަށް ބަދަލުތަކެއް ގެނައުމުގެ އަޒުމުގައި ކަމަށެވެ.
މީގެ އިތުރުން ނާއިބް ރައީސް ވިދާޅުވީ، އެޝުޢޫރުތައް އެމަނިކުފާނުގެ ހިތްޕުޅުގައި އުފެދިގެން އައީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދިމާވި ސިޔާސީ ހާދިސާތަކުގެ ސަބަބުން ކަމަށެވެ. އަދި އެ ދުވަސްވަރުގެ ތަޖުރިބާ އަކީ އެމަނިކުފާނަށް "ހަމަލޮލަށް ފެނިވަޑައިގެންނެވި" ކަންކަން ކަމަށް ނާއިބް ސިފަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ބައްޕާފުޅުގެ ސިޔާސީ ހަޔާތުގައި ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ސިޔާސީ ދާއިރާއަށް ފޫހިކަމެއް އުފެދުނު ކަމަށެވެ. ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަންގައި މަސައްކަތް ކުރެއްވިއިރު އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ނިމުނު ދުވަސްވަރު ރާއްޖޭގެ މަޝްރަހުގައި ހިނގި ކަންކަން ގާތުން ފެނިވަޑައިގެންނެވި ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
އެހެންކަމުން، އެފަދަ ލާއިންސާނީ މަންޒަރުތަކަކީ ސިޔާސީ ވެރިންގެ ފަރާތުން ފެންނަން ބޭނުންވި މަންޒަރުތަކަކަށް ނުވާތީ، ސިޔާސީ ދާއިރާއަށް ނުކުންނެވީ އެކަންކަން ބަދަލު ކުރެއްވުމަށް ބޭނުންވާތީ ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ނައިބުރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ބުނާ ބަހާއި، އަމަލާ ދިމާވާންޖެހޭނެ ކަމަށް އަބަދުވެސް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ޤައުމާއި، ރައްޔިތުންނާއި، އަންނަން އޮތް ޖީލުގެ ޙައްޤުގައި އެފަދަ ލީޑަރުން ތިބެންޖެހޭކަން ގަބޫލު ކުރަށްވައި، އަނބިކަނބަލުންނާ މަޝްވަރާކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ނިންމެވީ ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅުންގެ އަމަލާ ބަހާ ދިމާކުރަން ޖެހޭކަން ފާޙަގަ ކުރަށްވަމުން ނާއިބު ރައީސް ވިދާޅުވީ، ރައްޔިތުންނާއި، އަންނަންއޮތް ޖީލުގެ ހައްގުގައި އެކަން ކުރަންޖެހޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކޮށްފިނަމަ، 2012 ފެބުރުއަރީ 7 ގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގައި ހިނގާދިޔަ ހަމަނުޖެހުން ފަދަ ކަންކަމާ އަލުން ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.
އެމަނިކުފާނުގެ ސިޔާސީ ދިގު ހަޔާތަށް އަލިއަޅުވާލައްވަމުން ނާއިބް ރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ، ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށްޓަކައި މަޖިލީހުގައި ދިހަ އަހަރު ހޭދަކުރައްވާފައިވާނެ ކަމަށެވެ. އަދި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާނަމަ ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށާއި، އަބަދުވެސް ވަކާލާތު ކުރަށްވަނީ މުޅި މުޖުތަމައަށް ފައިދާ ކުރަނިވި ބަދަލުތަކެއް އަންނަ ކަންކަމަށް ކަމަށް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު