އިލްމާ ހިލްމަކީ ރައީސް މުއިއްޒުއާއި ޕީއެންސީއަށް މުހިއްމުކަމެއް ނޫންކަން ދޭހަވަނީ ވަޒީފާތަކަށް މީހުން އައްޔަން ކުރަމުންދާ އުސޫލުން ކަމަށާއި، ކައުންސިލް އިންތިހާބުގެ ޓިކެޓުތައްވެސް ބަހާލީ ޕާޓީ މީހުންނަށްވެސް އިސްކަމެއް ދިނުމެއް ނެތި ބޭނުން ގޮތަކަށް ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންއެފް (ޕީޕަލްސް ނެޝަނަލް ފްރަންޓް) އިން ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީއެންސީ ޕްރައިމަރީގައި ވަކި ބަޔަކަށް ފުރުސަތު ދޭން ލީޑަރޝިޕުން ބޭނުން ނުވީ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އޮތްކަން އެނގޭތީ ކަމަށެވެ.
"އިލްމާއި، ހިލްމަކީ ރައީސް މުއިއްޒުއާއި ޕީއެންސީއަށް މުހިއްމުކަމެއް ނޫންކަން ދޭހަވަނީ ވަޒީފާތަކަށް މީހުން އައްޔަންކުރަމުންދާ އުސޫލުން ކައުންސިލް އިންތިހާބުގެ ޓިކެޓުތައްވެސް ބަހާލީ ޕާޓީ މީހުންނަށްވެސް އިސްކަމެއް ދިނުމެއް ނެތި." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެއީ ރަސްކަލުން އަމަލު ކުރާ ގޮތް ކަމަށާއި އެގޮތުން ރަސްކަލަކުވެސް ކަންކަން މާބޮޑަށް ބެލުމެއް ނެތި އޭނާ ބޭނުން ގޮތަކަށް ބޭނުން ބަޔަކަށް ކަންކަން ބަހާލާ ކަމަށެވެ.
"މުއިއްޒު އުޅެން ބޭނުންވަނީ ރަސްކަލަކު އުޅޭ ގޮތަށް. ޕްރައިމަރީގައި ވަކި ބަޔަކަށް ފުރުސަތު ދޭން ޕީއެންސިއިން ބޭނުން ނުވީ ރައްޔިތުންގެ ނުރުހުން އެނގޭތީ." ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު ޕީއެންސީން ބޭއްވި ޕްރައިމަރީގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން ވޯޓު ލާފައިވާ ކަމަށާއި، އެއީ ރެކޯޑެއް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު