މިއަހަރުގެ ނޮވެންބަރު 17 ގައި ބާއްވަން އުޅުނު ބޮޑު މުޒަަހަރާ ކެންސަލް ނުކުރާ ކަމަށާއި އެ މުޒަަހަރާ މި ފެށޭ އަހަރު ބާއްވާނެ ކަން އެމްޑީޕީއިން އިއުލާން ކޮށްފިއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ، އޭރު މުޒާހަރާ ފަސް ކުރީ ކަމަށާއި ނަމަވެސް ކެންސަލް ނުކުރާ ކަމަށެވެ.
"އިރާދަ ކުރެެއްވިޔާ މި ފެށޭ އަހަރު މުޒާހަރާ އޮންނާނެ." މާޓޭ ވިދާޅުވިއެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމު "ލޫޓުވައިފި" ކަމަށް ބުނެ، އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާފައެވެ.
އެމްޑީޕީން ބޭއްވި އެމުޒާހަރާގައި ފަސް ޑިމާންޑެއް ސަރުކާރަށް ވަނީ ކޮށްފައެވެ. އޭގެތެރޭގައި ދައުލަތުގެ ބާރުތައް ހިސޯރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އަނބުރާ އިޔާދަކުރުމާއި ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލާ އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި، ޕްރައިވެޓް ސެކްޓާ ކުރިއެރުވުމަށް ހުރަސްއެޅުން ހުއްޓުވުމާއި، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާދީ ނިންމުން އަދި ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތް ގޮތަށް އިޔާދަކޮށް، ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓުވާލުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު އުވާލުން ހިމެނެއެވެ.
އަދި އާސަންދަ އާއި ބޭސްފަރުވާ، ރައްކާތެރި ބޭސް 17 ނޮވެމްބަރު 2023 އާއި ހަމައަށް އޮތްގޮތަށް ދިވެހިންނަށް ލިބެމުން އައި މިންވަރަށް މިހިނދުން މިހިނދަށް ލިބިދިނުމަށް ވެސް ސަރުކާރަށް ޑިމާންޑްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު