ހުޅުމާލެއިން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް ވެރިފަރާތްތަކަށް ޙަވާލު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ޕާކޮށްފައިހުރި އުޅަނދުތައް ނެގުމަށް ކުރި މަސައްކަތުގެ ތެރެއިން ފުލުހުން ވަނީ 787 އުޅަނދެއް ޓޯކޮށްފައެވެ.
މިމަހުގެ 11 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ބުނީ ޓޯކުރި އުޅަނދުތަކުގެ ތެރެއިން އެ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ޓްރެފިކް ޖޫރިމަނާތައް ދެއްކުމަށްފަހު ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ދިއުމުން، ފުލުހުން ދޭ ސްލިޕްކޮޅު ހިފައިގެން ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ފުލުހުން މިއަދު ބުނީ ޓޯކުރި 105 އުޅަނދު ދޫކޮށްފައިވަނީ އުޅަނދުތައް ދޫކުރުމުގެ ކުރިން އުޅަނދުުގެ ވެރިފަރާތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނޫގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެ ޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަށް ޖޫރިމަނާގެ ފައިސާ ދެއްކިކަމުގެ ލިޔުމާއި ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވޭތޯ ބެލުމަށްފަހުގައި ކަމަށެވެ.
އަދި ރަޖިސްޓްރީނުކުރާ އުޅަނދެއްނަމަ އުޅަނދު ވަގުތީގޮތުން ބޭއްވުމަށް ބޭނުންވާ ތަނުގެ ވެރިފަރާތުގެ ލިޔުމަކާއި، ޓްރާންސްޕޯޓް މިނިސްޓްރީން ވަކި ގަރާޖަކަށް ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ އުޅަނދެއްނަމަ، އެ ގަރާޖަށް ގެންދިއުމަށް ކަށަވަރުކުރާ ލިޔެކިޔުން ހުށަހެޅުމުން އެ އުޅަނދެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު