އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ރިވެލި" ގެ ތެރެއިން މިހާތަނަށް 3،986 މީހަކު ހުއްޓުވައި ސުވާލުކޮށް، 29 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 24 އިން 28 އަށް މާލެއިން 1،693 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 26 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ހުޅުމާލެއިން 2،293 މީހަކު ހުއްޓުވައި ސުވާލުކޮށް، ތިން މީހަކު ހައްޔަރުކޮށްފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މާލެއިން ހުއްޓުވި މީހުންގެ ތެރޭގައި 95 ބިދޭސީން ހިމެނޭއިރު، ހުޅުމާލެއިން ހުއްޓުވި މީހުންގެ ތެރޭގައި 46 ބިދޭސީން ހިމެނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް މާލޭގެ 6،491 ސަރަހައްދެއް ބަލައިފާސްކޮށް، 1،954 އުޅަނދެއް ވަނީ ޗެކްކޮށްފައެވެ. މީގެ ތެރެއިން 397 ފަރާތެއް ޖޫރިމަނާ ކޮށްފައި ވާކަމަށް ފުލުހުން ހާމަކުރިއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން 1،879 އުޅަނދެއް ޗެކްކޮށް، 28 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ.
އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ވައްކަމާއި ފޭރުން ހުއްޓުވުމަށާއި، ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް މަދުކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ސައިލެންސަރު މޮޑިފައިކޮށްގެން އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭ މީހުން ހުއްޓުވައި ފިޔަވަޅު އެޅުމަކީވެސް މި އޮޕަރޭޝަންގެ މުހިންމު ބައެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު