ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުން، ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ، އަމިއްލަ މީޑިއާތަކަށް މާލީ އެހީގެ ގޮތުގައި ދިނުމަށް ވަނީ ނިންމަވައިފައެވެ.
މިކަމަށްޓަކައި އެންމެ ފުރަތަމަ އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން އެކުލަވައިލި އުސޫލުގެ ދަށުން، މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއާއި ސަންގު އޮންލައިނަށް އެންމެ ގިނަ ފައިސާ ލިބޭނެ ކަމަށް ހާމަވުމުންނާއި، ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ގިނަ އޮންލައިން ނޫސްތަކަށް ފައިސާ ދޭން ނިންމާފައިވާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން އެކަމަށް ކުރި އިއުލާނުތަށް ބާތިލްކުރީއެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން ފުރަތަމަ ލިސްޓު އުވާލައި، މި މަސައްކަތް ސަރުކާރުން އަލަށް އުފެއްދި މީޑިއާ ކޮމިޝަނާ ހަވާލުކުރިއެވެ. މީޑިއާ ކޮމިޝަނުން މިކަމާ ގުޅޭ އާ އުސޫލެއް ގެޒެޓްގައި އާންމުކުރީ މިދިޔަ ޑިސެންބަރު މަހުގެ 25 ވީ ބުރާސްފަތި ދުވަހުއެވެ. އެކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެދުވަހުން ފެށިގެން 28 ޑިސެންބަރު 2025 ވަނަ ދުވަހުގެ 14:00 އަށެވެ. މިއީ ހުކުރު އަދި ހޮނިހިރު ދުވަސް ވެސް ހިމެނޭހެން ވަރަށް ކުރު މުއްދަތެކެވެ. އެހެންގޮތަކަށް ދައްނަވާނަމަ ލިޔެކިޔުންތައް ހޯދައި ތައްޔާރުކުރުމަށް ސަރުކާރުގެ ރަސްމީ އެންމެ ދުވަހެއް ވެސް ފުރިހަމައަކަށް ނުލިބެއެވެ. މިފަހަރު މިކަން މިކުރަން އުޅެނީ އަދި މާ ނުބައިކޮށެވެ. ދައުލަތުގެ މާލީ އަހަރު ނިމޭތީއޭ ކިޔާފައި ތެޅި ގަނެގެން ވަކި ބަޔަކަށް ހުށައެޅޭ ގޮތަށް ގަސްތުގައި ބޮޑު ސްކޭމެއް ހިންގާ އުސޫލުންނެވެ. މިކަން ކުރާ ގޮތެއްވެސް ދެފުށް ފެންނަނީ ކިހާ ވަރަކަށް ކަމެއް ވެސް ނޭނގެއެވެ.
ވާއެއް ނުވާއެއް ނޭނގި ތިއްބާ ބުރާސްފަތި ދުވަހު ގެޒެޓްގައި ޝާއިޢުކޮށްލާފައި ހުކުރު ހޮނިހިރަށް ސަރުކާރާއި ބޭންކްތަކާއި އެހެނިހެންވެސް މުއައްސާސާތައް ތިބޭނީ ޗުއްޓީގައި ކަން އެނގި ހުރެ އެ ދެދުވަސް ވެސް ގުނައިގެން ތިން ދުވަސް ހަމަކޮށް އާދިއްތަ ދުވަހުގެ ދޭއް ޖެހުމާއެކު ޕޯޓަލް ބަންދު ކޮށްލީއެވެ.
ދެން އަވަސް އަރުވާލައިގެން މާކްސްދީގެން ޑިސެންބަރު 31 ގައި ފައިސާކޮޅު އެދޭން ބޭނުންވާ ބަޔަކަށް ދެވިދާނެ އެވެ. އެކަމަކު މިފަދަ ކަމެއް ކުރާއިރު ދެފުށް ފެންނަ ގޮތަށް ކުރުމާއި ޝަކުވާ ހުށައަޅަން އެކަށީގެންވާ ފުރުސަތު ދިނުމަކީ ކަމެއް އިންސާފުވެރިކަމާއެކު ކުރާނަމަ ކުރަން ޖެހޭނެ ގޮތެވެ. ބަޖެޓު ބަންދު ކުރާތީއޭ ކިޔާފައި ތެޅިގަނެގެން ލާރިކޮޅު ބަހާނިންމާލީމާ އެ ވާނީ ބޮޑު ސިންގާ ސްކޭމަކަށެވެ.
ރަސް އޮންލައިންގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޞާދިރު ޢަލީދީދީ ވިދާޅުވީ މީޑިއާތަކާ ގުޅުންހުރި އެންގުންތައް ގެޒެޓްކުރުމުގެ ކުރިން ނުވަތަ ގެޒެޓްކުރާއިރު އެކަން މީޑިއާތަކަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެހެނިހެން އެކަށީގެންވާ ގޮތަކަށް އަންގަންވާނެ ކަމަަށެވެ. މިކަމަށް ދެ ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެ ދެ ދުވަހަކީ ރަސްމީ ބަންދު ދުވަސްތަކެއް (ހަފްތާ ބަންދު) ކަމަށްވުމުގެ އިތުރަށް، ހުކުރު ދުވަހަކީ އިދާރީ ގޮތުން ބަންދު ދުވަހެއްކަން އޭނާ ފާހަގަކުރެެއްވިއެވެ. އެގޮތުން ސުންގަޑި ކަނޑައަޅާފައިވަނީ 28 ވަނަ ދުވަހުގެ (އާދީއްތަ) ދުވަހުގެ މެންދުރު 2:00 އަށް ކަމަށާއި މިކަމުގެ މަޢުލޫމާތު ފުރަތަމަ ލިބިފައިވަނީ 26 ވަނަ ދުވަހުގެ ރޭގަނޑުކަމަށެވެ. އެހެންކަމުން މަލީއެހީއަށް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ހޯދައި ތައްޔާރުކުރުމަށް ލިބުނީ ހޮނިހިރު ދުވަސް އެކަނި ކަމަށްވެސް ޞާދިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭނީ، އެންގުންތައް މާކުރިން އަންގައި، ފަރާތްތަކަށް ހުށަހެޅުންތައް ހުށަހެޅުމުގެ އެކަށީގެންވާ ފުރުޞަތު ދެވިގެން ކަމަށެވެ.
"ރަސް މީޑިއާއަށް މިކަން އެނގިފައިވަނީ 25 ވަނަ ދުވަހު ގެޒެޓްގައި ޝާއިޢުކުރުމާ ގުޅިގެން، މީޑިއާތަކަށް ރަސްމީކޮށް ލިޔުމަކުން އެންގުމުގެ މުހިންމުކަން ހިމެނެނީ ހަމައެކަނި ފިޔަވަޅު އެޅުމާ ގުޅޭ ކަންކަމުގައި އެކަންޏެއް ނޫން، މިގޮތަށް، މީޑިޔާ ތަކަށް ހުޅުވާލެވޭ ފުރުސަތުތަކާ ގުޅޭ މަޢުލޫމާތުވެސް މީޑިއާތަކަށް ރަސްމީ ލިޔުމެއްގެ ޒަރީޢާއިން ފޯރުކޮށްދޭން ޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ޞާދިރު ވިދާޅުވިއެވެ.
އާ އުސޫލުގައި ބަލާ މުހިންމު މިންގަނޑުތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ ޖަނަވަރީ އެއް ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ މީޑިއާއެއް ކަމުގައި ވުމާއި، ބްރޯޑްކާސްޓިން މީޑިއާއެއް ނަމަ ލައިސެންސް އޮތުން ހިމެނެއެވެ. މާކްސް ދިނުމުގައި މުވައްޒަފުންގެ އަދަދު (31 އިން މަތި ނަމަ އެންމެ ގިނަ 15 މާކްސް)، ބިޒްނަސް ޕްލޭން (ގިނަވެގެން 15 މާކްސް) އާއި، އިދާރީ އޮފީހެއް ހުރުމާއި، ޕެންޝަނުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކަމުން ދިއުން، އަދި ކޯޑް އޮފް އެތިކްސް ނުވަތަ އެޑިޓޯރިއަލް ޕޮލިސީއެއް އާންމުކޮށްފައިވުން ފަދަ ކަންކަމަށް ބަލާނެއެވެ. މި ފައިސާ ބެހުމުގެ ފޯމިއުލާ ވެސް އުސޫލުގައި ވަނީ ހިމަނައިފައެވެ.
ދައުލަތުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ނަމަވެސް، އުސޫލު އެކުލަވައިލުމާއި އެކަމަށް ކުރިމަތިލާން ދެވޭ ވަގުތު އިންސާފުވެރިވުމަކީ މުހިންމު ކަމެކެވެ. އާ އުސޫލެއްގެ ދަށުން ކުރިމަތިލާން ކުރު މުއްދަތެއް އެކަމާ މެދު ސުވާލު އުފައްދަން ޖާގަ ލިބިގެންދެއެވެ. ހަވާ ފަޓާސް ބަރިއެއްހެން ކަންކަން ނުކޮށް، މިއަށްވުރެ މީޑިޔާ ކޮމިޝަންގެ ވެރިން ޒިންމާދާރު ވާންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު