އަންނަ 2026 ވަނަ އަހަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ނުހަނު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ، ސަރުކާރުގެ ހަމަޖެހުމަށް ލޮޅުން އަރާނެ އަހަރަކަށް ވާނެ ކަމަށް ބެލެވެއެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އިސްވެ އޮވެ، ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފް އާއި އަދާލަތު ޕާޓީ ހިމެނޭހެން އުފައްދަފާނެ އިދިކޮޅު ކޯލިޝަނަކީ ސަރުކާރަށް އޮތް އެންމެ ބޮޑު ސިޔާސީ ނުރައްކަލެވެ. މިއީ ވުން ދުރު ކަމެއް ކަމަށް ވިޔަސް ފިކުރީ ގޮތުން ތަފާތު މި ޕާޓީތައް އެއްގަލަކަށް އަރައި، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަގުމަތީގެ ހަރަކާތްތައް ވަރުގަދަކުރާނެ ކަމަށް ބެލެވޭއިރު، މީގެ ކުރިން ފަސްކުރެވުނު "ލޫޓުވައިފި" މުޒާހަރާ މާ ފުޅާކޮށް ބޭއްވުމަށް ރޭވުމަކީ ސަރުކާރުގެ ހިންގުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްޔިތުންގެ ސަމާލުކަން އިތުރަށް ހުއްޓޭނެ ކަމެކެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދު އޮތް ނާޒުކު ހާލަތުގެ ސަބަބުން ބޭރުގެ ބޮޑެތި ލޯނުތައް ދައްކަންޖެހޭ މި ދަނޑިވަޅުގައި ތަކެތީގެ އަގު އުފުލި، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކަކީ ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް މެދުވެރިވާނެ މައިގަނޑު ސަބަބަކަށް ވެގެންދާނެއެވެ. ހަމައެއާއެކު، ބޭރުގެ ފިއްތުންތަކުގެ އިތުރުން ސަރުކާރުގެ އެތެރޭގެ މަސްލަހަތުތައް ގޯސްވެ، ނިންމުންތައް ނިންމުމުގައި ހުރި ހަމަނުޖެހުންތަކުގެ ސަބަބުން ސަރުކާރު ތެރެއިން ރެނދުލައި، ބައެއް ފަރާތްތަކުން ވަކިވެ އިދިކޮޅާ ގުޅުމުގެ ފުރުސަތު ވެސް އެބައޮތެވެ. އަދި އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗައް އެކި ތުހުމަތު ކޮށް ޖަލަށްލުން ވެސް ފެނިގެން ގޮސްދާނެއެވެ.
އެހެންކަމުން، އިދިކޮޅު ކޯލިޝަނުގެ ވަރުގަދަކަމާއި ރައްޔިތުންގެ ނުރުހުން އެއްވުމުން، 2026 ވަނަ އަހަރު ވެގެންދާނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސީ ހަޔާތުގައި ކުރިމަތިވެގެންދާނެ އެންމެ ބޮޑު އިމްތިހާނަށެވެ.

ކިޔުންތެރިންގެ ހިޔާލު