ރައްޔިތުންގެ ހިތް ފަޅައިގެން ދާ ފަދަ ކަންތައްތަކެއް ސަރުކާރުގެ ސަބަބުން މި އަހަރު ހިނގައި ދިޔަ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި އަަހަރަކީ ސަރުކާރަށް ނެރެވުނު ނަތީޖާ އަށް ބަލާ އިރު ރާއްޖެ ކަށި ކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެެއް ކަަމަށެވެ.
"މި އަހަރަކީ ދިވެހިންނަށް ހިތާމަވެރި އަހަރެއް މި އަހަރަކީ އާއްމުންނަށް އިންތިހާ ހިތްދަތިކަމާއި ކުރިމަތިލާން ޖެހުނު, ރައްޔިތުންގެ ހިތް ފަޅައިގެން ދާ ފަދަ ކަންތައްތަކެއް ސަރުކާރުގެ ސަބަބުން މި އަހަރު ހިނގައި ދިޔަ " ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުންނަކީ ކަންކަން ބަލާ ބައެއް ކަމަށާއި ރައީސް ރަށްރަށަށް ވަޑައިގެން ހުޅުވާދެއްވި މަޝްރޫޫޢުތައް ނުހިނގާކަން އާއްމުންނަށް ފެންނާނެ ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.
" ދާނެ ނުދާނެ ދިމާލެއް ނޭނގޭ. ދޮގު ވައުދުތަކާއި، ދޮގުގެ ތެރޭގައި ރައްޔިތުން ޣަރަގު ވަނީ. އުދައްޔަކާއި އެކު ރައީސް ދަތުރުތަކެއް ކުރައްވައިފި. ރަށްރަށަށް ވަޑައިގެން ބޮޑެތި ވައުދުތަކެއް ވެވަޑައިގަތް. އެކަމަކު ރާއްޖޭގެ ރައްޔިތުންނަށް ތަންދޮރު އެނގޭ." ޝާހިދު ވިދާޅުވިއެވެ.
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އޮޅުވާލުމާއި، ވާވެއްދުމައި، ރައްޔިތުންނަށް ފުރައްސާރަކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ ސަރުކާރުގެ ސިޔާސަތެއް ނެތުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު