ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
ޚާލިދާ ޒިޔާ އަވަހާރަކީ ސިއްހީ ގިނަ މައްސަލަތަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ޚާލިދާއަށް ހިތުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކާއި ހަކުރު ބައްޔާއި ފުއްޕާމޭގެ މައްސަލަތަކާއި އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވިއެވެ.
ސިޔާސީ ގޮތުން ކުރިމަތިވި ފިއްތުންތަކާއެކު ޚާލިދާ ވަނީ ދިގު މުއްދަތަކަށް ޖަލަށްވެސް ލައިފައެވެ.
ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ ޒިއާ ކުށްވެރިނުވާ ކަމަށް ނިންމައި، ކޮރަޕްޝަންގެ މައްސަލައިގައި ކުރިން އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ބާތިލްވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު