ވެލާނާ އެއަރޕޯޓްގައި ޑޮލަރު ވިއްކަން ހުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ މި ފިރިހެން މީހާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރިކަމުގެ ތުހުމަތުގައެވެ.
ފުލުހުން އޭނާ ހުއްޓުވާފައިވަނީ އެއާޕޯޓް ޓާމިނަލް 2 ގެ ޑްރޮޕް އޭރިއާގައި ޑޮލަރު މާރުކުރަން އުޅެނިކޮށެވެ. އޭނާގެ އަތުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ނެތް ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ކަޅުބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް އަރާފައިވާއިރު އެކަމަށް ޙައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުންވެސް އެދެވޭ ޙައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ކޯޓު އަމުރުގައިވާގޮތުން އެމީހާ މަސައްކަތް ކުރަނީ ކޮންތާކުކަމެއް އަދި އޭނާ ސްޕޮންސަރަކީ ކާކުކަން ބުނެ ދެވިފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު