މާލޭގައި ދެބެންގެ ދެމެދުގައި ރޭ ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މިޙާއަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ދެބެންގެ ދެމެދުގައި ހިންގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 6:42 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ.
މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާައެކު ޙާދިސާ ހިންގި ތަނަށް ގޮސް ހަމަނުޖެހުމުގައި ޒަޚަމްވި މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ފަރުވާއަށް އެމިހާ ގެންދިޔަ ހޮސްޕިޓަލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް މިހާރުވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ، އެ މައްސަލައާއި ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު