ގޭންގުތަކުން ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އަލަށް އަމަލުކުރަން ފެށި ގާނޫނުގެ ސަބަބުން، ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މިއަހަރުގެ މެއި 25 ގައި ތަސްދީގުކުރި މި ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އޮގަސްޓް 25 ވަނަ ދުވަހުން ފެށިގެންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ، މި ގާނޫނާއެކު މާލެއާއި އަތޮޅުތެރޭގައި ވެސް ކުށުގެ ރެކޯޑު އޮންނަ މީހުން އެއްތަނަކަށް ޖަމާވުމާއި އެމީހުންގެ ހަރަކާތްތައް ވަނީ ކުރިއަށްވުރެ މަދުވެފައި ކަމަށެވެ.
ފުލުހުން ބުނީ އެއިދާރާގެ މަސައްކަތްތައް މިހާރު ބައްޓަން ކޮށްފައިވަނީ ހަމައެކަނި ކުށްތައް ތަހުގީގު ކުރުމުގެ ބަދަލުގައި، ކުށްކުރުން ކުރިއާލާ ހުއްޓުވުމަށް އިސްކަންދޭ އުސޫލަށް ކަމަށެވެ. އެގޮތުން، ކުށްކުރާ ގުރޫޕުތައް އެއްވާ "ހޮޓް ސްޕޮޓް" ތައް 24 ގަޑިއިރު މެދުނުކެނޑި ބަލައި ޗެކްކުރުމާއި، އެފަދަ ތަންތަނުގައި ތިބޭ މީހުން ފޮނުވާލުމުގެ މަސައްކަތް ފުލުހުންގެ ޓީމުތަކުން ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެއިތުރުން، އިންޓެލިޖެންސް މައުލޫމާތުގެ އެހީގައި ފާހަގަކުރެވޭ ގޭންގުތަކުގެ ސޭފްހައުސްތައް ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު