ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ގޭންގެއް ކަމަށް ކަނޑައެޅުމުގެ ފުރަތަމަ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ފުލުހުން މިއަދު ބުނީ، ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަމަލުކުރަން ފެށުނު ފަހުން މިހާތަނަށް ހަތް މައްސަލައެއްގައި 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މިހާރުވެސް ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު، މި ޤާނޫނުގެ ދަށުން 6 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، މި ޤާނޫނާ ގުޅޭ ދެ މައްސަލައެއްގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އަތޮޅުތެރޭގައި ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"ގޭންގު ކަނޑައެޅުމަށްޓަކައި އެއް މައްސަލައެއް ޕްރޮސެކިއުޓަރު ޖެނެރަލުގެ އޮފީހަށް ފޮނުވިފައިވޭ، އެހެން ނަމަވެސް އެ އޮފީހުން އަދި ބައެއް ކަންކަން ސާފުކުރުމަށް އަޅުގަނޑުމެންނަށް އަންގަވާފައި ވާތީ އެ މަސައްކަތް މިދަނީ ކުރަމުން." ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤް އާދަމް ވިދާޅުވިއެވެ.
އޭގެއިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އިސްހާގު ވިދާޅުވީ، ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި ގޭންގެއް ކަނޑައެޅުމުގެ ވަކި މަރުހަލާތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އެންޑޯސް ކުރެއްވުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ގޭންގު ކަނޑައެޅުމަށް ހުށަހެޅުމުން، އެ އޮފީހުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅަން ޖެހެއެވެ. އަދި ގޭންގު ކަނޑައަޅާނީ ހައިކޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުން މި ޤާނޫނު ފާސްކުރެއްވީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރެއްވީ ހަމަ އެ މަހުގެ 25 ވަނަ ދުވަހެވެ. އެ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ އޮގަސްޓު މަހުއެވެ.
މި ޤާނޫނާއެކު ފުލުހުންނާއި އެހެނިހެން ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިދީފައިވެއެވެ. އޭގެ ތެރޭގައި، ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމާއި، ތަންތަން ބަލައި ފާސްކުރުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން، ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރާއި، ބޮޑު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ފުރަތަމަ 48 ގަޑިއިރު ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުމުގެ ބާރު ވެސް މި ޤާނޫނުގައި ލިބިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު