ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ނޭޕާލްގެ 6 މީހުން-
ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ނޭޕާލްގެ 6 މީހުން-
ބަނގުރާ ގެންގުޅެ، ބޭނުން ކުރާކަމުގެ ތުހުމަތުގައި ނޭޕާލު 6 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޗައުދަރީ ސްރެންދްރަ (43އ) އާއި ސުގަންދަ ކުމާރު ޗައުދަރީ (28އ) އާއި ޗައުދަރީ (24އ) އާއި މަކަރް ބަހާދުރް ޓަމަންގް (27އ) އާއި ބިޝްވަނާތް ޗައުދަރީ (37އ) އާއި ރަމްރި މާޔާ ވައިބާ (27އ) އެވެ.

ފުލުހުން ބުނީ މިމަހު 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މި މީހުން ހައްޔަރުކޮށް، މާފަންނު ގެއަކާއި ކެފޭއެއް ބަލައިފާސްކޮށްފައި ވާކަމަށެވެ. އެގޮތުން ބަލައިފާސްކުރި ކުރުމުގައި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި 6 މީހުންވެސް ޑީޕޯޓުކުރުމަށް އިމުގްރޭޝަނާ ހަވާލުކޮށްފައި ވާކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ހެންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު