ކަސްޓަމްސް އިން އަތުލައިގަތް ސިނގިރޭޓުތަކެއް-
ކަސްޓަމްސް އިން އަތުލައިގަތް ސިނގިރޭޓުތަކެއް-
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރި 158 ކޭސް ސިނގިރޭޓު ފުލުހުން އަތުލައިގެންފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ސިނގިރޭޓުތައް އަތުލައިގަތީ އަމިއްލަ މީހެއްގެ ގެއެއް ކުއްޔަށް ނަގައިގެން އެ ތަނުގައި ހަދާފައި ހުރި ގުދަނަކުންނެވެ. މި ސިނގިރޭޓުތައް ފެނިފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ ގުދަން ބަލައި ފާސްކުރަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން އަތުލައިގެންފައި ވަނީ މަލްބަރޯ ބްރޭންޑުގެ ސިނގިރޭޓު ތަކެވެ. އެއިން ކޮންމެ ކޭހެއްގައި 45 ކާޓަން ހުންނާނެ ކަމަށް ބެލެވޭ އިރު، މިއީ މުޅިއެކު 7110 ސިނގިރޭޓެވެ. މި ސިނގިރޭޓުގެ ޑިއުޓީއަށް އެކަނި 12 މިލިއަން ރުފިޔާ އަރާނެއެވެ.

ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް ގެނައުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މި އަހަރުގެ ތެރޭގައިވެސް ވަގަށް ސިނގިރޭޓް ގެނައުމާއި ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރި ކުރުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު