އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ހޯލްސޭލް މެނޭޖަރަށް ތުހުމަތުވާ ވައްކަމުގެ މައްސަލަތަކެއް ތަހުގީގު ކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅައިފިއެވެ.
މަައުލޫމާތު ލިބިފައިވާ ގޮތުގައި ވައްކަމުގެ ތުހުމަތު ކުރެވެނީ ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ހަޝަން ޕްރަގީތުގެ މައްޗަށެވެ. މި މައްސަލަ ފެންމަތިވެ ސުވާލު ކުރުމުން އޭނާ ވަނީ ވައްކަން ކުރިކަމަށް އިއުތިރާފް ވެފައިކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
އޭނާ މި ވައްކަން ކޮށްފައިވަނީ އެ ކުންފުނީގެ ހިސާބުތައް ބަލަހައްޓާ "އޫޑޫ ޕީއާރު" ސިސްޓަމް މެދުވެރިކޮށެވެ.
އެގޮތުން ހޯލްސޭލް އަގުތައް ކޯސްޓް އަގަށް ވުރެ ދަށަށް ބަދަލުކޮށްގެން މަކަރުވެރި ގޮތެއްގައި ހޯލްސޭލް އަގުތަކަށްވުރެ ހެޔޮ އަގެއްގައި ވިއްކައިގެން އޭނާ ފައިސާ ހޯދާފައިވާކަމަށް ވަނީ އެނގިފައެވެ.
ދައުރުވަމުންދާ ރިޕޯޓްތަކުގައި ވާގޮތުން މި މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް ފޮނުވައިދިނުމަށް އެދި އެސްޖޭއިން މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު