އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައި، ފުރަތަމަ ޓޫރިސްްޓް މީހާ އަށް އެރިސޯޓުން މިއަދު މަރުހަބާ ކިޔާފައިވާ ކަމަށެވެ.
ޝަންގްރިއްލާ ރިސޯޓު ބަންދުކުރީ ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރުއެވެ.
ޝަންގްރިއްލާ ރިސޯޓު ހުޅުވުމަކީ ރިޔާސީ ކެމްޕެއިންގައި އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސް މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވައުދެކެވެ.
ގަން ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ލޯންޗުގައި ފަސް މިނިޓުން ދަތުރުކޮށްލެވޭ ފަދަ ގާތުގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. 2008 ވަނަ އަހަރު ހުޅުވުނު މި ރިސޯޓުގައި 60 ވޯޓާ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަލް ވިލާ ހުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު