ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް ހިންގާ އޮންލައިން ޕްރޮގްރާމްތަކުގެ ސަނަދުތައް ގަބޫލު ނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފިއެވެ.
އެމް.ކިއު.އޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުއްދަ ދެވިފައިވާ އުސޫލުތަކާ ޚިލާފަށް ހިންގާ އޮންލައިން ޕްރޮގްރާމްތަކުގެ ސަނަދުތައް އެ އޮތޯރިޓީން ގަބޫލުނުކުރާނެ ކަމަށެވެ.
އެމް.ކިއު.އޭ އިން ބުނި ގޮތުގައި، ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކަށް އެ އޮތޯރިޓީން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުއްދަ ދީފައިވާ އުސޫލުތަކާ ޚިލާފަށް، ބައެއް މަރުކަޒުތަކުން އޮންލައިންކޮށް ޕްރޮގްރާމްތައް ހިންގާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކަށް ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގުމާ ބެހޭގޮތުން މަޝްވަރާތައް ކުރެވެމުންދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް ޕްރޮގްރާމެއް އޮންލައިންކޮށް ހިންގުމަށް އެ އޮތޯރިޓީން ހުއްދަ ދީފައި ނުވާކަމަށް ބަޔާނުގައިވެއެވެ.
އެހެންކަމުން، ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކަށް އެ އޮތޯރިޓީގެ ހުއްދަ ނެތި އޮންލައިންކޮށް ހިންގާ އެއްވެސް ޕްރޮގްރާމެއްގެ ސަނަދެއް އެމް.ކިއު.އޭ އިން ގަބޫލުނުކުރާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން، މަތީ ތައުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުމަކީ އެމް.ކިއު.އޭގެ މައިގަނޑު މަސްއޫލިއްޔަތެކެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށްފައި ވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅާފައިވާ ފެންވަރާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމާއި، ޕްރޮގްރާމްތަކުގެ ހުއްދަ ދިނުމާއި، އެކްރެޑިޓްކުރުމާއި، އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވައިލައި ތަންފީޒު ކުރުމަކީވެސް އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
އެމް.ކިއު.އޭގެ ހުއްދަ ނެތި ޕްރޮގްރާމްތައް ހިންގައި، ސެޓްފިކެޓް ދޫކުރުމަކީ މީގެ ކުރިންވެސް ދިމާވެފައިވާ މައްސަލައެކެވެ. އެގޮތުން، އެމް.ކިއު.އޭގެ ޕްރޮގްރާމް އޮޑިޓް ނުހަދައި ދަރިވަރުންނަށް ސަނަދު ދޫކުރާ މައްސަލަތައްވެސް ފާހަގަކުރެވެއެވެ.
ނިމިދިޔަ އޮގަސްޓް މަހު، ޕްރޮގްރާމް އޮޑިޓް ނުހަދައި ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދު ދޫކުރި ތިން މަރުކަޒަކަށް އެކަން ހުއްޓާލުމަށް އަންގައި އެ އިދާރާއިން ނޯޓިސް ފޮނުވާފައިވެއެވެ.
ހަމައެހެންމެ، ވަގު ސެޓްފިކެޓް ދޫކުރުމުގެ މައްސަލަވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު