ރާއްޖޭގެ މަޝްހޫރު ކުރީގެ ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަބްދުލް ފައްތާހު މިރޭ ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ކުރީގެ މަޝްހޫރު ޑައިރެކްޓަރު ނިޔާވީ މިރޭ އިރާކޮޅު ހއ. ކެލާގައި ހުއްޓައި މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

އޭނާ ނިޔާވީ ހއ. ކެލާ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިމަޖެންސީގައި ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް ކަމަށް އާއިލާއިން ބުނެއެވެ.

ފައްތާޙު ނިޔާވިއިރު އޭނާގެ އުމުރަކީ 54 އަހަރެވެ.

ފައްތާހަކީ، މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް، އެޑިޓަރެއް، ސްކްރީންރައިޓަރެއް އަދި ކޮރިއޮގްރާފަރެއް ކަން ފާހަގަކޮށްލެވެއެވެ. ދިވެހި ސިނަމާގެ ތާރީޚުގައި އެންމެ ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފައްތާހަށް، ހަތަރު ގައުމީ ފިލްމު އެވޯޑާއި ދެ މޯލްޑިވްސް ފިލްމު އެވޯޑު ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އެވޯޑުތަކެއް ލިބިފައިވެއެވެ. އޭނާގެ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2004 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ ގައުމީ އިނާމު ވެސް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު