ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވީ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ.
ޝާހިދު ތުހުމަތު ކުރެއްވި ގޮތުގައި، މުޅި ރާއްޖެއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، 50.56 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށްފައިވީ ނަމަވެސް، އެ ފައިސާގެ ނަތީޖާއެއް ރައްޔިތުންނަކަށް ނުފެނެއެވެ. އޭގެ ބަދަލުގައި ސަރުކާރުގެ އެތެރޭގައި އޮތީ "ދެ ބުޅަލުގެ އަރައިރުން" ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"ފްލެޓްތައް ނުދެވިގެން މިއުޅެނީ ސަރުކާރުގެ އެތެރޭގައި ވަކި ބަޔަކަށް ފްލެޓްތައް ބަހާލުމަށް ބޭނުންވެގެން އުޅޭތީ. ރައީސާއި، ވަޒީރުންނާއި، މަޖިލިސް މެންބަރުންނަށް ލިބެންޖެހޭ 'ބޯކިބާ ފަޅި' ބެހުމުގެ ޒުވާބު ބޮޑުވެގެން މިއުޅެނީ،" ޝާހިދު ވިދާޅުވިއެވެ.
ސަރުކާރުގެ އިސްވެރިންގެ މެދުގައި އޮތް މި ކޯޅުމުގެ ސަބަބުން އެންމެ ފަހުން ނިކަމެތިކަން ލިބެމުންދަނީ އާންމު ރައްޔިތުންނަށް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. ބޯހިޔާވަހިކަމުގެ އިންތިޒާރުގައި ތިބި އެތައް އާއިލާއެއްގެ ހައްގުތައް ގެއްލެމުންދަނީ ސަރުކާރުގެ އަމިއްލަ އެދުން ބޮޑުވެގެން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޝާހިދު ވިދާޅުވީ ބަޖެޓުގެ ބޮޑު ބައި ހަރަދުވެގެންދާއިރު، ހަގީގީ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ އެތެރޭގެ ސިޔާސީ މަންފާއަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު