ސަރުކާރުން މީޑިއާތަކުގެ ނުފޫޒު ފޯރުވުމަށާއި، ކޮންޓްރޯލް ކުރުމަށްޓަކައި 27 މިލިއަން ރުފިޔާ ބަހާލާފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
"ރަސް އޮންލައިން "އާއި ވާހަކަދައްކަވަމުން ހުސައިން ހަސަން ވިދާޅުވީ، ދައުލަތުގެ ބަޖެޓުން މިހާ ބޮޑު އަދަދެއް މީޑިއާތަކަށް ބަހާލާފައިވާއިރު، އެ ފައިސާ ލިބުނު ވަކިވަކި މީޑިއާތަކާއި، ކޮންމެ މީޑިއާއަކަށް ދިން އަދަދެއް ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށެވެ. މިއީ މީޑިއާގެ މިނިވަންކަން ގެއްލުވާލުމަށް ހިންގާފައިވާ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"އަވަސް އަރުވާލައިގެން “ކޮންޓްރޯލް ކޮމިޝަން”އިން މިކަން މިކުރީ ފޮރުވިފައިވާ ނުބައި ރޭވުމެއްގެ ދަށުން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކައުންސިލް އިންތިހާބާ އެކު، ނަގަން އުޅޭ ހިޔާލު ހޯދުމުގެ ވޯޓަކީ ވަރަށް ބޮޑު ނުރައްކަލެއްގެ ފެށުމެއް. އެ ހިޔާލު ހޯދުމުގެ ވޯޓަކީ ނޭގި ތިއްބާ ރިޔާސީ ދައުރު ދަންމަންވެގެން ކުރަން އުޅޭ ކަމެއް،" ރަސް އާއި ވާހަކަ ދައްކަވަމުން ހުސެއިންވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ހުސައިން ހަސަން ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން މިފަދަ ގޮތަކަށް "ރިޝްވަތު" ބަހާ މީހުންނާއި، އެ ފައިސާގައި ހިފާ މީހުންނަށް ގާނޫނު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ.
"މީޑިއާތަކަށް ނުފޫޒު ފޯރުވައިގެން ކުރަން މި އުޅެނީ ވޯޓުން ވައްކަން. އިންތިހާބުތައް ގަޑުބަޑުކޮށް، ރައްޔިތުންނަށް ހަގީގަތް ފޮރުވަން ވެގެން ފައިސާ ބަހަމުން މި ދަނީ،" ހުސެއިން ވިދާޅުވިއެވެ.
"ދިވެހިންގެ ޓެކްސް ފައިސާއިން ރިޝްވަތު ބަހާ މީހުންނާއި ރިޝްވަތު ހިފާ މީހުންގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ ދުވަސް އަންނާނެ،" ހުސައިން ހަސަން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ހޯދުމަށާއި ފާޑުކިޔުންތައް ހުއްޓުވުމަށް ކުރާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު