ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ގެ ޗެއާޕާސަން ބޭގަމް ހާލިދާ ޒިއާ އަވަހާރަވުމާ ގުޅިގެން، އެކަމަނާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ އެކްސްޓަރަނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު މިއަދު ޑާކާއަށް ވަޑައިގަންނަވާނެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު އުމުރުފުޅުން 79 އަހަރުގައި ހާލިދާ ޒިއާ އަވަހާރަވީ އަންގާރަ ދުވަހުއެވެ. މި ދަތުރުފުޅުގައި ޖައިޝަންކަރު ތަމްސީލުކުރައްވާނީ އިންޑިއާ ސަރުކާރާއި އެގައުމުގެ ރައްޔިތުންނެވެ.
ހާލިދާ ޒިއާ އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތައުޒިޔާ ވިދާޅުވެ، 2015 ވަނަ އަހަރު ޑާކާއަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާއާ ބައްދަލުވި ހަނދާންތައް އާކުރައްވާފައެވެ. މޯދީ ވިދާޅުވީ ހާލިދާ ޒިއާގެ ތަސައްވުރާއި ތަރިކައަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުދައްކައިދޭނެ ކަންތައްތަކެއް ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ މުހައްމަދު ޔޫނުސްއާ ޖައިޝަންކަރު ވަކިން ބައްދަލުކުރައްވާނެކަން އަދި ކަށަވަރެއް ނުވެއެވެ. ޔޫނުސްގެ ސަރުކާރު އައިފަހުން އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އައިސްފައިވާއިރު، ބަންގްލަދޭޝްގައި ދިރިއުޅޭ ހިންދޫންނާއި އެހެނިހެން މަައިނޯރިޓީ ގްރޫޕްތަކަށް ދެމުންދާ ހަމަލާތަކާ މެދު އިންޑިއާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު