އައްޑޫ ސިޓީގެ އިގުތިސޯދީ މައިބަދަ ކަމުގައި ބެލެވުނު ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ތިން އަހަރަށް ފަހު އަލުން ހުޅުވައިފި ކަމަށް ބުނެ ސަރުކާރުން މިވަނީ ބޮޑު ކާމިޔާބީއެއްގެ ކުލަ ޖައްސާފައެވެ. ނަމަވެސް، މި "ހުޅުވުމުގެ" ފަހަތުގައި ހުރި ހަގީގަތްތަކަށް ބަލާއިރު، މިއީ އައްޑޫ ރައްޔިތުންގެ ލޮލުގައި އެޅުވި އަދުނެއް ފަދަ ކަމެކެވެ. މިއީ އިހުލާސްތެރިކަމާއެކު ރިސޯޓު ހިންގުމަށްވުރެ ބޮޑަށް، "އަމާ ބުނީތީ ފަރަށްދާ" އުސޫލުން ނަމެއްގައި ކުރި ކަމެއްކަން ދޭހަވާ އެތައް ކަމެއް ފެންމަތިވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނަނީ ޝަންގްރިއްލާ ހުޅުވުމުން އައްޑޫގެ އިގުތިސޯދަށް ދިރުން ލިބި، ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ކަމަށެވެ. ނަމަވެސް މިކަމުގެ ހަގީގަތަށް ބަލާއިރު، މި އޮޕަރޭޝަނަށް ބޭނުންވާ 15 މުވައްޒަފުން ގެނައީ މާލޭގެ ހޮޓެލް ޖެން އިންނެވެ. 500 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިފައިވާ އައްޑޫ ސިޓީގެ އެއްވެސް ދަރިއަކަށް މި އާ ފުރުސަތުން ވަޒީފާއެއް ނުލިބުނެވެ.
ޝަންގްރިއްލާއަށް އައި ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކީއިރު، އެއީ ހަގީގީ މާނައިގައި އައި ފަތުރުވެރިއެއްތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ ޝަންގްރިއްލާ އިން ފުލް ސްޕޮންސަރ ކޮށްގެން، ހުރިހާ ހަރަދެއް ދީގެން ގެނައި ބަޔެކެވެ. މީގެ އިތުރުން، ރިސޯޓެއް ހިންގުމަށް ކޮންމެހެން ބޭނުންވާ ޕްރޮޕަރޓީ މެނޭޖްމަންޓް ސިސްޓަމް ނުވަތަ ޕޮއިންޓް އޮފް ސޭލްސް ސިސްޓަމެއްވެސް ގާއިމުކޮށްފައެއް ނުވެއެވެ. ހުރިހާ ކެއިންބުއިމެއްގެ އޯޑަރުތައް ކުރިއާލައި ނަގައި ފައިނަލް ކޮށްފައިވަނީ، ހަމައެކަނި "ޝޯ" އެއް ދެއްކުމުގެ މަގުސަދުގައި ކަމަށް ބެލެވެއެވެ.
ސަރުކާރުގެ ޕްރެޝަރާއެކު، މުޅި ރިސޯޓުން ހުޅުވުނީ އެންމެ ތިން ކޮޓަރިއެވެ. މި ކުޑަކުޑަ މިންވަރު ހުޅުވައިގެން، މިއީ ދުނިޔޭގެ ނުވަވަނަ އަޖައިބު ކަމުގައި ސިފަކޮށް، ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެއްކުމަކީ ރައްޔިތުންގެ ބުއްދިއަށް ކުރި މަލާމާތެކެވެ. ސަރުކާރުގެ ހިއްސާ ދޫކޮށްލައި، ހުރިހާ ބާރެއް ކުންފުންޏަށް ދިނުމަށްފަހުވެސް، ފެންނަން އޮތީ ހަމައެކަނި ވަހުމްތަކާއި "މުއުޖިޒާތްތަކެއް" ދައްކައިގެން ރައްޔިތުންގެ ލޮލުގައި އަދުނު އަޅުވަން އުޅޭ މަންޒަރެވެ.
ޝަންގްރިއްލާ ހުޅުވުމަކީ އައްޑޫގެ ހަގީގީ އުންމީދެކެވެ. ނަމަވެސް، މިހާރު ފެންނަމުންދާ "ޕްރެޝަރު އޮޕަރޭޝަނަކީ" އެ އުންމީދުގައި ކުލަޖެއްސުމަށްވުރެ ބޮޑަށް، ސިޔާސީ މަގުސަދެއްގައި ކުޅޭ ޑްރާމާއެކެވެ. ވަޒީފާއެއް ނެތް، ސިސްޓަމެއް ނެތް، އަދި ހަގީގީ ފަތުރުވެރިންނެއް ނެތް މި އޮޕަރޭޝަނުން އައްޑޫގެ އިގުތިސޯދަށް ކުރާނެ ފައިދާއެއް ނެތެވެ. މިއީ ހަމަ ކަނޑައެޅިގެން "އަމާ ބުނީތީ ފަރަށްދާ" އުސޫލުން ހިންގާ ބޮޑު އޮޅުވާލުމެކެވެ.

ކިޔުންތެރިންގެ ހިޔާލު