އައްޑޫގެ ޓޫރިޒަމް ސިނާއަތަށް ވަމުންދާ ގޮތް ދެނެގަތުމަށް ރާއްޖޭގެ އެންމެ ބޮޑު ޓްރެވެލް އޭޖެންސީ، އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާޤު ގޮވާލައްވައިފިއެވެ.
ފިރާޤު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގެ ޓޫރިޒަމް މިހާރު ފެންނަނީ "ނިވިދިއްލޭ ބޮތްކެއް" ހެން ކަމަށެވެ. އެގޮތުން އެއް ރިސޯޓު ހުޅުވޭއިރު އަނެއް ރިސޯޓު ބަންދުވަމުންދާ ދިއުމަކީ ސިނާއަތަށް އޮތް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޚާއްޞަކޮށް އައްޑޫގައި ހިންގަމުން އައި ސައުތު ޕާމް ރިސޯޓަށް ދިމާވެގެން އުޅޭ މައްސަލަތައް ދެނެގަނެ، އެ ރިސޯޓު އަލުން ހުޅުވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ފިރާޤު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ދެކުނުގެ ގިނަ ޕްރޮޕަޓީތަކަށް، ވަކިން ހާއްސަކޮށް އައްޑޫގެ ޓޫރިސްޓް އެނދުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ލޯކަލް ބްރޭންޑެއްގެ ގޮތުގައި ހިންގި ސައުތު ޕާމް އަށް އެކަށީގެންވާ ސަމާލުކަމެއް ލިބިފައެއް ނުވެއެވެ.
"ރިސޯޓު މި ހާލަތަށް ވެއްޓުނު އަސްލު ސަބަބުތަކާއި އޮޕަރޭޝަނަލް ކޮންސްޓްރެއިންތައް ފުރަތަމަ އަޅުގަނޑުމެން ދެނެގަތުން މުހިންމު. އެތައް ބައިވަރު ވަޒީފާތަކެއް ގެއްލިދިޔަ ގޮތް އެކަކަށް ވެސް ނޭނގޭ،" ފިރާޤު ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން ސައުތު ޕާމަކީ އެހެން ގިނަ ރިސޯޓުތަކާ އަޅާބަލާއިރު ދިވެހި މުވައްޒަފުންގެ ނިސްބަތް ވަރަށް މަތީގައި ހުރި ތަނެއްކަން ފާހަގަކުރައްވަމުން ފިރާޤު ވިދާޅުވީ، އެ ރިސޯޓު ބަންދުވުމާއެކު 280 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އަދި އެ ރިސޯޓަށް ކުރިމަތިވެފައިވާ މާލީ އަދި ސްޓްރަކްޗަރަލް ގޮންޖެހުންތައް ސާފުކޮށް ދެނެގަނެވިއްޖެނަމަ، އަމަލީ ގޮތުން އެކަމަށް ހައްލެއް ހޯދިދާނެ ކަމަށް ފިރާޤު ވިދާޅުވިއެވެެ.
ފިރާޤު އިތުރަށް ވިދާޅުވީ، މިދިޔަ ސަރުކާރުން އެ ސަރަހައްދުގެ ރިސޯޓެއް ބަންދުކުރުމުން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ އެސެޓު ހިލޭ ދީފައިވާ ކަމަށެވެ. އެހެންކަމުން، ސައުތު ޕާމް ފަދަ ތަންތަން ވީރާނާވާން ދޫނުކޮށް، މާލީ އެހީތެރިކަމެއް ނުވަތަ ލޯނެއް ދީގެން ނަމަވެސް އެތަންތަން އަލުން ހިންގޭނެ ގޮތްތަކެއް ހޯދުމަކީ ދެކުނުގެ އިގްތިސާދަށް ނުހަނު މުހިންމު ކަމެއް ކަމަށް ފިރާޤު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިފަދަ މާލީ އެހީތެރިކަމެއް ފޯރުކޮށްދީ، މައްސަލަ ހައްލުކުރަން ކުރެވޭނެ ކަންކަން އަދިވެސް ސާފުވެފައި ނުވާތީ ފިރާޤު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކޮވިޑު ތެރޭގައި ބަންދުކުރި އައްޑޫ ޝަންގްރިއްލާ ރިސޯޓް އިއްޔެ ވަނީ ހުޅުވާފައެވެ. ނަމަވެސް ފަތުރުވެރިކަމުގައި ސިނާއަތުގައި މަސައްކަތް ކުރާ އައްޑޫސިޓީ ނިސްބަތްވާ ގިނަ މީހުން ސޯޝަލް މީޑިއާގައި ބުނަމުންގެންދަނީ އެ ރިސޯޓް ހުޅުވާފައި އެވަނީ އަމާބުނީތީ ފަރަށްދާ އުސޫލުން އަދުގެ ސަރުކާރުން އައްޑޫ ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު