ނ. އަތޮޅުގައި ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އިޤްތިޞާދީ ވުޒާރާއިން މިއަދު ބުނީ، "އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ނަމުގައި ނ. އަތޮޅުގައި ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްގީކުރަން މިއަދު ސޮއިކުރީ، 790 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓެއްގައި ކަމަށެވެ. ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރާ، ޓައުންޝިޕް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވަނީ 2028 ވަނަ އަހަރެވެ.
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންގޮސް، އިތުރު އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދޭނެ މުހިންމު މަސައްކަތެއް ކަމަށެވެ. މީގެ ސަބަބުން ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދާނެ އައު މަގުތައް ހުޅުވި، އިއާދަކުރަނިވި ހަކަތައާއި ތިމާވެށީގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"60 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އަދި، ކްރިސްޓަލް ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕެރަޓް ކްރިސްޓިކެވެ.
އިކޮނޮމިކް މިނިސްޓްރީން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން ފުރަތަމަ ހުއްދަ ދިނީ މިދިޔަ މާރިޗު މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު