ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން ސިވިލް ސާވަންޓުންގެ ހެދުން އެޅުމުގައި އަމަލުކުރަންޖެހޭ އާ ގަވައިދެއް ހެދީ އަންހެނުން މަގާމުތަކުން ދުރުކުރަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެެވެ.
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ސިވިލް ސަރވިސްގެ ހެދުމުގެ ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކަކީ ރައްޔިތުންގެ އަމިއްލަ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއް ކޮންޓްރޯލް ކުރުމަށް އިތުރަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. ޝާހިދު ވަނީ ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތުމުގެ އަމަލެއް ކަމަށް ސިފަކުރަށްވާފައެވެެ. އަދި ޚާއްސަކޮށް އަންހެނުންނަށް މި ހަނިކުރުންތައް އިތުރަށް ހަރުކަށިވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިއީ އަންހެނުން އާންމު ތަންތަނުން ދުރުކޮށް، އެފަރާތްތައް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލުމަށް ކުރެވޭ މަސައްކަތެކެވެ،" ޝާހިދު ލިޔުއްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ މިހާރު ފެންނަމުންދަނީ ޤާނޫނުއަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތައް ނިޒާމީ ގޮތެއްގައި ނިގުޅައިގަންނަމުންދާ މަންޒަރު ކަމަށާއި، މިކަމުގެ ނިމުމެއް ފެންނާކަށް ނެތް ކަމަށެވެ.
"ހާސިލު ކުރެވުނު ކަންތައްތަކުގެ ގޮތުގައި ދައްކާނެ އެއްވެސް ކަމެއް ނެތް, އެއްވެސް ދާއިރާއަކުން މާނަހުރި ކުރިއެރުމެއް ނެތް، ސަރުކާރު ކުރިއަށްދަނީ އެއްވެސް މާނަހުރި ދިމާއެއް ނުވަތަ އަމާޒެއް ނެތި، ދައްކާނެ އެއްޗެއް ނެތުމުން، މިފަދަ ބިރުދެއްކުމުގެ ސިޔާސަތުތަކަށް ރުޖޫޢަވަނީ." ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ކުރަށްވައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިއީ ދީނީ ކަންކަން ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމުގެ ނިޒާމީ މަސައްކަތެއް ކަމަށެވެ.
"ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ ބަދަލުގައި، ރައްޔިތުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް އިތުރަށްވަދެ، އެކަންކަން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަނީ އެހެން އެއްވެސް ކާމިޔާބީއެއް ދެއްކެން ނެތުމުން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ސީއެސްސީން ވަނީ، ސިވިލް ސަރވިސްގެ ހެދުން އެޅުމުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައެވެ. ޚާއްޞަކޮށް އަންހެނުންގެ ހެދުން އެޅުމުގެ މިންގަނޑުތައް އިތުރަށް ހަރުކަށިކޮށް އަންހެން ސިވިލް ސާވަންޓުންގެ ހެދުން ހުންނަންޖެހޭ ދިގުމިނާއި ގޮތް ތަފްސީލް ކޮށްފައިވާއިރު ހެދުން އެޅުމުގައި ކަރުވަޅާއި، ބުޑު ނިވައި ކުރަންޖެހެެެއެެވެ.
އަދި އަންހެން އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ވެސް މަނާ ކަމެކެވެ. ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް އިސްލާހުތަކެއް ގެނެސް އާގަވާއިދެއް އާންމުކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އާންމު ރައްޔިތަކު އެ ކަމާ ގުޅޭގޮތުން ޝުއޫރުތަކެއް ފާޅުކޮށްފައި ވަނިކޮށްކަން ފާހަގަކުރެވެއެެވެ.

ކިޔުންތެރިންގެ ހިޔާލު