ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމުގައި އިންޑިއާގެ ކުންފުނިތަކުގެ ބައިވެރިވުން ހޯދުމަށް އިންޑިއާގައި އެދިއްޖެ ކަމަށް ދަ ހިންދޫއިން ރިޕޯޓްކޮށްފިއެވެ. މިކަމަކީ މީގެ ކުރިން އިންޑިއާއާ މެދު ގެންގުޅުނު ހަރުކަށި ސިޔާސަތުތަކާއި "އިންޑިއާ އައުޓް" ފަދަ ހަރަކާތްތަކުގެ ފަހަތުގައި ތިބި ފަރާތްތަކުގެ އިޚުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.
އިންޑިޔާގެ ދަ ހިންދޫ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގެ ކުރީކޮޅު، ސިވިލް އޭވިއޭޝަން މިނިސްޓްރީން، އޭ.އޭ.އައި.އަށް ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައި ވަނީ މި ހުށަހެޅުން ހުށަހަޅާފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސް މުޙައްމަދު މުޢިއްޒުގެ ދަޢުވަތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ސިވިލް އޭވިއޭޝަން މިނިސްޓަރ ކޭ. ރާމް މޯހަން ނައިޑޫ އަށް ކަމަށެވެ.
ދަ ހިންދޫ ނޫހަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، އެއާޕޯޓްގެ މެނޭޖް ކުރުމުގައި "އިންޑިއާގެ ކުންފުނިތައް ބައިވެރިކުރުމާބެހޭ ހުށަހެޅުން ދިރާސާކުރުމަށް" އޭ.އޭ.އައި.އަށް ދީފައިވާ ކަމަށެވެ. އޭ.އޭ.އައި.އަކީ އިންޑިއާގެ 113 އެއާޕޯޓް ހިންގުމުގެ އިތުރުން 26 ސްޓޭޓް ސަރުކާރުގެ އެއާޕޯޓް ހިންގާ ކުންފުންޏެކެވެ. މިހާރު އޭ.އޭ.އައި.އަށް ނިސްބަތްވާ 13 އެއާޕޯޓް ހިންގަމުންދަނީ ޖީ.އެމް.އާރ.، ހިމެނޭހެން އަމިއްލަ އޮޕަރޭޓަރުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ތަރައްގީކުރަން އުޅުނު އިންޑިއާގެ ޖީ.އެމް.އާރް ކުންފުނި "ވޮއިޑް-އަބް-އިނިޓިއޯ" ގެ ނަމުގައި ކުއްލި ގޮތަކަށް ބޭރުކޮށްލުމަށްފަހު، އަނެއްކާވެސް ހަމަ އެ ގައުމުގެ ކުންފުނިތަކަށް ރާއްޖޭގެ "ހަރު މުދާ ގަނޑެއް" ހަވާލުކުރަން އުޅުމަކީ ސަރުކާރުގެ ޚާރިޖީ އަދި އިގްތިސާދީ ސިޔާސަތުގައި އެއްގޮތްކަމެއް ނެތްކަން ހާމަވާ ހެއްކެކެވެ.
މީގެ ދިހަ އަހަރު ކުރިން ޖީ.އެމް.އާރް އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން 270 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދައްކަން ޖެހުމަކީ ގައުމަށް ލިބުނު ބޮޑު އިގްތިސާދީ ގެއްލުމެކެވެ. އޭރު އެއާޕޯޓް ހިންގުން ބޭރު ބަޔަކަށް ދިނުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އަޑުއުފުލި ފަރާތްތަކުން، މިއަދު ހަނިމާދޫ އެއާޕޯޓް އިންޑިއާގެ ކުންފުނިތަކަށް ދޫކޮށްލަން ނިންމުމަކީ ޚުދު މުއިއްޒު ސަރުކާރުގެ އަސްލު ސޫރަ ފެނިގެންދާ ކަމެކެވެ. މިއީ ސިޔާސީ މަންފާއަށްޓަކައި ގައުމީ މަސްލަހަތު ބޭނުންކުރަމުންދާ ކަމުގެ ހެއްކެކެވެ.
އެއާޕޯޓެއް ހިންގުމަަށް ދެން ދުވަހަކުވެސް އަމިއްލަ ނުވަތަ ބޭރު ކުންފުންޏަކަށް ނުދޭނެ ކަމަށް ބުނެ ސަރުކާރުން ވެފައިވާ ވަޢުދު މިވަނީ މުގުރާލާފައެވެ. ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ދޭހަވަނީ، އިންވެސްޓްމަންޓްތަކުގެ ސަލާމަތްތެރިކަމާއި ދެމެހެއްޓެނިވި ސިޔާސަތެއް ރާއްޖޭގައި ނެތް ކަމެވެ. މިފަދަ "ޔޫ-ޓާން" ތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ރާއްޖެއަކީ ސިޔާސީ ބޭނުމަށް އެއްބަސްވުންތައް ބަދަލުކުރާ ގައުމެއްގެ ގޮތުގައި ދުނިޔެއަށް ބޭޒާރުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު