ބޯހިޔާވަހިކަމޭ ބުނާ ކޮންމެ މީހެއް މި ސަރުކާރަށް ފެންނަނީ ވޯޓެއްގެ ގޮތުގައި ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ ކަމަކަށް ވީނަމަވެސް، މި ސަރުކާރަށް ބޯހިޔާވަހިކަމޭ ބުނާ ކޮންމެ މީހަކު ފެންނަނީ ހަމައެކަނި "ވޯޓެއް"ގެ ގޮތުގައި ކަމަށެވެ. އަމްރު ވިދާޅުވީ، ކުރީ ސަރުކާރުން ނިންމާފައިވާ 4000 ފުލެޓަށް މީހުން ވައްދާ ނުނިމިގެން އުޅެނީ މި ސަރުކާރަށް އެކަމުން ވޯޓު ކަށަވަރު ނުވާތީ ކަމަށެވެ.
"ބޯހިޔާވަހިކަން މި ކަށަވަރު މި ކޮށްދެނީ ވޯޓެއް ކަށަވަރުވީމަ. އެއްކަލަ 4000 ވަނީ ނަލަ ހަދައި ނިމިފަ. މީހުންނަށް ދީފައި ހުރި ތަންތަން އަދިވެސް އެ އުޅެނީ މީހުން ނުވެއްދިގެން. އެއީ، ނޯޓުކުރަން އެބަޖެހޭ މީނާ އެ ތަނަށް ވައްދައިފިއްޔާ މީނާގެ ވޯޓު ކަށަވަރުވޭތޯ. އެކަން ނުވާހާ ހިނދަކު މި ސަރުކާރުން އެންމެ މީހަކަށްވެސް ބޯހިޔާވަހިކަމެއް ނުދޭނެ،" އަމްރު ވިދާޅުވިއެވެ.
ހަމައެއާއެކު އަމްރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރުން ދެއިރު ދެދަޅައަށް ސިޔާސަތުތައް ބަދަލުކޮށް ޕްރެސް ކޮންފަރެންސްތައް ބޭއްވި ނަމަވެސް، ޙަޤީޤީ މާނައިގައި ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫޢެއް ވެސް އަދި މިހާތަނަށް ހިންގިފައި ނުވާ ކަމަށެވެ. އަދި ޙަޤީޤީ މާނައިގައި އެންމެ އާއިލާއަކަށް ވެސް ބޯހިޔާވަހިކަމެއް ހޯދައިދެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، އެއީ "ބޮޑުސިންގާ" ތަނެއް ކަމަށާއި، ނަމަވެސް މި ފަސް އަހަރު ނުވަތަ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ވެސް އެތަނުގައި މީހަކަށް އާބާދުވެ ދިރިއުޅެވެން ނުފެށޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރުން މިހާރަށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ރައްޔިތުންގެ މައްސަލައަށް ޙައްލެއް ލިބޭނެ ޕްލޭނެއް ތަޞައްވަރެއް މި ސަރުކާރުގައި ނެތް ކަމަށެވެ.
އޭގެއިތުރުން އަމްރު ވަނީ، 60,000 އާއިލާއަކަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ އިރު، މި ސަރުކާރުގެ ދެ އަހަރު ދިޔައިރު ވެސް އެކަމުގެ ޕްލޭނެއް ނެތް ކަމަށާއި، މި ފަސް އަހަރު ނިމޭއިރު ވެސް މި މައްސަލައަށް ޙައްލެއް ނުލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު