ދުވާފަރުން ހައްޔަރުކުރި 3 މީހުން
ދުވާފަރުން ހައްޔަރުކުރި 3 މީހުން
ފަތާފައި ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ރ. ދުވާފަރު ޕޮލިހާއި ކައުންޓަރ ނަކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު / ގުލްފާމުގެ، ޢަބްދުﷲ ޙައްސާން އާއި ރ. ދުވާފަރު / އުޖާލާއަލި، ޢަބްދުﷲ ޝާއިފް އާއި ރ. ދުވާފަރު / މެހެލި، އިސްމާޢީލް މުޙައްމަދު ކަމަށެވެ.

މި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ވެލިދޫއިން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތުއެވެ. ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވެއެވެ. އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރު މަގުމަތިންނެވެ." ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ޙައްސާން ފަސް ދުވަހަށް އަދި އަނެއް ދެ މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އޭގެއިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު