ތަޖުރިބާކާރު ޑައިރެކްޓަރު އަދި އެކްޓަރ އަޙްމަދު ނިމާލަށް ސްޓޯކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް މިއަދު އޭނާ ވަނީ އައިޖީއެމްއެޗަށް ބަދަލު ކޮށްފައެވެ.
މަންޒަރު ދުށްމީހުންނާ ޙަވާލާދީ މީޑިއާ ރިޕޯޓް ތަކުގައި ވަނީ، ނިމާލަށް ސްޓްރޯކެއް ޖެހުނީ މާލޭގައި ރޭ ސައިކަލު ދުއްވާފައި ދަނިކޮށެވެ. އަދި އޭނާއަށް ލިބުނު އަނިޔާ ބޮޑުވީ، ސައިކަލު މަޑުކުރި ވަގުތު ބިންމައްޗަށް ވެއްޓުމުންނެވެ.
ނިމާލް ފިލްމީ ދާއިރާއަށް ނުކުތީ 1984 ގައި "ނުފޫޒު" ފިލްމުން އެކްޓަރެއްގެ ގޮތުގައެވެ. އޭނާގެ އެންމެ ކާމިޔާބު އެއް މަސައްކަތަކީ 1993 ގައި އަމިއްލައަށް ލިޔެ، ޑައިރެކްޓްކޮށް އެކްޓްކުރި "ސިޓީ" އެވެ.
މީގެ އިތުރުން "ޒަލްޒަލާ"، "ޔޫސުފް" އަދި "ނިއުމާ" ފަދަ މަޝްހޫރު ފިލްމުތަކުގައި ޙަރަކާތްތެރި ވެފައިވާ ނިމާލަށް، ފިލްމީ ދާއިރާއިން ކުރި ހިދުމަތަށްޓަކައި 1991 ވަނަ އަހަރު ވަނީ ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިފައެވެ.
ނިމާލަށް ސްޓޯކެއް ޖެހިފައިވާ އިރު، މީގެ އެއް ދުވަސް ކުރިން ރާއްޖޭގެ މަޝްހޫރު ކުރީގެ ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަބްދުލް ފައްތާހަށް ހާޓް އެޓޭކެއް ޖެހިގެން ވަނީ ނިޔާވެފައެވެ. އަދި މަޝްހޫރު ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހައްމާ) އަށް މިދިޔަ މަހު ހާާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގައި ވަނީ، ފަރުވާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު