މާލެއިން ފުރައިގެން ފުވައްމުލަކަށް ދަތުރުކުރަމުން ދިޔަ ހަވާސް ބޯޓު ދިޔަވެ އަޑިއަށްދާތީ އެބޯޓަށް ފުލުހުން އެހީތެރިކަން ފޯރުކޮށް ދީފިއެވެ.
ފުލުހުން މިއަދު ބުނީ، ހަވާސް ބޯޓު އަޑިއަށް ދާކަމުގެ މައުލޫމާތު މިއަދު މެންދުރު 12:21 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މަޢުލޫމާތު ލިބުމާ ގުޅިގެން އެއުޅަނދަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ބޯޓު އަޑިއަށް ދާން ފެށީ، ދަތުރުކުރަމުން ދަނިކޮށް، ބޯޓުގެ މަތީ ކަނުން ފައިބަރު ކޮށްފައި އިން ހިސާބު ފަޅައިގެން ގޮސްގެންނެވެ.
ފުލުހުން ބުނީ ހަވާސް ބޯޓު މިހާރު ފުވައްމުލަކަށް ގެނެވި، މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ދަތުރުގައި ބޯޓުން ފަސް މިލިއަނެއްހާ ރުފިޔާގެ މުދާ އުފުލާފައިވެއެވެ.
މި ބޯޓުގައި ޖުމުލަ 17 މީހުން މިއަދު ދަތުރުކުރިއެވެ. އެއީ ހަ ކުރޫއިންނާއި ނުވަ ފަސިންޖަރުންނާއި ކައްޕިއާއި ކޭޝިއަރެވެ. އެއިން އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވާއިރު، ރާއެްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މޫސުން މިއަދު އާދައިގެ ވަރަށްވުރެ ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު