މި ފަހަކަށް އައިސް އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއަށް ކުރިމަތިކުރަމުންދާ ފިއްތުންތަކާ ގުޅިގެން، ވެނެޒުއޭލާގެ ސަލާމަތީ ބާރުތަކުން މަދުވެގެން ފަސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށް މިކަމުގެ މަޢުލޫމާތު ހުރި އެމެރިކާގެ އޮފިޝަލަކު ސީ.އެން.އެން އަށް ބުނެފިއެވެ.
މި މީހުން ހައްޔަރުކުރި ހާލަތްތައް ތަފާތު ނަމަވެސް، ބައެއް މީހުންނަކީ މަސްތުވާތަކެތީގެ ވަގުފާރީގައި ބައިވެރިވި ބައެއް ކަމަށް ވެދާނެ ކަމަށް އޮފިޝަލް ފާހަގަކުރިއެވެ. އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އެ މީހުން ހައްޔަރުކުރި އިރު ވެނެޒުއޭލާގައި ކުރަމުންދިޔަ ކަންތައްތަކާ ބެހޭ އިތުރު މަޢުލޫމާތު އެއްކުރަމުންނެވެ. ޓްރަމްޕް ސަރުކާރުން ގަބޫލުކުރާ ގޮތުގައި މަދޫރޯގެ ސަރުކާރުން މި އެމެރިކާ މީހުން ހައްޔަރުކުރަނީ އެމެރިކާއާ ދެކޮޅަށް "ލެވަރޭޖް" ނުވަތަ ބާރު ހޯދުމުގެ ގޮތުންނެވެ.
އެމެރިކާއިން ވެނެޒުއޭލާއާ ދެކޮޅަށް ކުރިއަށްގެންދާ ފިއްތުންތަކުގެ ތެރޭގައި މަސްތުވާތަކެތި އުފުލާ ބޯޓުތަކަށް ހަމަލާދިނުމާއި، ސީ.އައި.އޭ މެދުވެރިކޮށް ވެނެޒުއޭލާގެ ބަނދަރުތަކަށް ޑްރޯން ހަމަލާދިނުމުގެ އިތުރުން ތެލުގެ ހުރަސް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ. މި އުކުޅަކީ ވެނެޒުއޭލާގެ ބައިވެރިއެއް ކަމަށްވާ ރަޝިޔާއިން ވެސް އެމެރިކާއާ ދެމެދު އޮންނަ ނުތަނަވަސްކަމުގެ ތެރެއިން އެމެރިކާ މީހުން ހައްޔަރުކޮށްގެން ބޭނުންކުރާ އުކުޅެކެވެ. މީގެ އިތުރުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މަދޫރޯގެ އާއިލާގެ މެންބަރުންނާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި ވެނެޒުއޭލާގެ މިހާރުގެ ހާލަތަކީ އެމެރިކާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ވެނެޒުއޭލާގައި ސިޔާސީ އެތައް ސަތޭކަ ގައިދީންނެއް ތިބިއިރު، އޭގެ ތެރެއިން ބައެއް މީހުންނަކީ 2024 ވަނަ އަހަރު ބޭއްވި އިންތިޚާބަށްފަހު ހައްޔަރުކުރި މީހުންނެވެ. އެ އިންތިޚާބަކީ ބޭރުގެ އޮބްޒާވަރުން ބުނާ ގޮތުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ނޫނެވެ. ދާދި ފަހުން ވެނެޒުއޭލާގެ ޖަލަކުން ދިހަވަރަކަށް މީހުން މިނިވަންކޮށްފައިވީ ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމަށްވާ "ފޯރޯ ޕެނަލް" އިން ބުނާ ގޮތުގައި އޭގެ ތެރޭގައި އެއްވެސް އެމެރިކާ ރައްޔިތަކު ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު