ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުޞަތު ފަހިކޮށްދިނުމަށާއި، އެފަދަ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާރު ކުރަމުންދާ ބައެއް ކުދި ވިޔަފާރިތައް ހުއްޓާލުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.
މޫސާ މަނިކު މިކަމަށް ގޮވާލެއްވީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ދިވެހި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މޫސަ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަގީގީ މާނައިގައި ލުއިތަކެއް ދެވޭނީ، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން އާންމު ރައްޔިތުން ކުރާ ފަންތީގެ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެގަތުން ހުއްޓާލައިގެން ކަމަށެވެ.
މީގެ އިތުރުން، ބޭރުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އޮފީސްތައް ހުޅުވައިގެން، ދިވެހިން ކުރަމުންދާ އާދައިގެ ވިޔަފާރިތަކުގެ ތެރެއަށް ވަންނަމުންދާ ދިއުމާ މެދުވެސް މޫސާ މަނިކު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެންމެ އާދައިގެ މުދަލާއި ޚިދުމަތް ދިނުމުގެ ތެރެއަށް ބޭރުގެ ކުންފުނިތަކަށް ވަނުމުގެ ހުއްދަ ދިނުމަކީ ދިވެހި ވިޔަފާރިވެރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"ދިވެހިން ކުރާ ވިޔަފާރިތަކަށް ބޭރުގެ ކުންފުނިތަކުން ވަދެ، އެންމެ އާދައިގެ މުދަލާއި ޚިދުމަތް ދިނުމަށް ހުއްދަ ދީގެން ނުވާނެ،." މޫސާ މަނިކު ވިދާޅުވިއެވެ.
ހަމައެއާއެކު ރާއްޖޭގެ ކުދި ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުން އިސްކަންދޭންޖެހޭ ކަމެއްކަން މޫސަ ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން ސަރުކާރުން އިޤްތިޞާދީ ދާއިރާ ހަރުދަނާކުރުމަށް ބޭނުންނަމަ، ދިވެހި ވިޔަފާރިވެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މޫސާ މަނިކު ވަނީ އިލްތިމާސް ކުރައްވާފައެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު، ދިވެހި ވިޔަފާރިވެރިން މީގެ ކުރިން ކުރަމުންދިޔަ ގިނަ ވިޔަފާރިތަކެއްގެ ތެރެއަށް ސަރުކާރު ކުންފުނިތަކުން މިހާރުވަނީ ވަދެފައެވެ. އެގޮތުން އެއަރޕޯޓް ހިންގާ އެމްއޭސީއެލުންވެސް ބިން ހިއްކުމާއި، ބައެއް ރަށްރަށުގައި ޖިމް ހެދުން ފަދަ، ޕްރޮޖެކްޓުތަކަށް ދަނީ ހަރަދުކުރަމުންނެވެ.
އަދި ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރަމުން ދާއިރު، އާރުޑީސީން ދަނީ ރަށްރަށުގައި ކުޅިވަރު ދަނޑުތައް ތަރައްޤީ ކުރަމުންނެވެ. އޭގެއިތުރުން އައިޖީއެމްއެޗުން މިހާރުވަނީ އައިނުގެ ވިޔަފާރީގެ ތެރެއަށްވެސް ވަދެފައެވެ.

ކިޔުންތެރިންގެ ހިޔާލު