ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސަރަޙައްދީ އެއަރލައިންތަކުގެ މައި ހަބަކަށް ހަދައި، އެއަރލައިންތަކާ ގުޅިގެން އެތަން ހިންގުމަކީ މުޅި ބޮޑު އުތުރުގެ ތަރައްޤީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ "ދަ ހިންދޫ" ނޫހުގައި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ކުންފުންޏަކުން ހިންގައި ދިނުމަށް ސަރުކާރުން އެދިފައިވާ ކަމަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ސަރަޙައްދީ އެއަރލައިންތަކުގެ މައި މަރުކަޒެއްގެ ގޮތުގައި ތަރައްޤީކޮށް، އެއަރލައިންތަކާ ގުޅިގެން އެއަރޕޯޓް ހިންގަން ފެށުމުން ދިވެހި އިޤްތިޞާދަށާއި ޚާއްސަކޮށް ބޮޑު އުތުރުގެ އާންމު ރައްޔިތުންނަށް އެތައް ގުނައަކުން ފައިދާ ކުރާނެ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ރާއްޖެއިން ބޭރުގެ ބަޔަކާ ހަވާލުނުކުރާނެ ކަމަށާއި އެ އެއާޕޯޓް ހިންގާނީ ދިވެހި ސަރުކާރުންކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ. އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށްފަހު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުގައެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލަކާއި، 2.7 ކިލޯމީޓަރުގެ ދިގު ރަންވޭ އެއް ހިމެނޭ ގޮތަށެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސަރަޙައްދީ އެއަރލައިންތަކުގެ މައި ހަބަކަށް ހެދުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ވީއައިއޭ ހިންގުމަށް 25 އަހަރަށް އިންޑިއާގެ ޖީއެމްއާރާ ހަވާލުކޮށްފައި ވަނިކޮށް ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.
ޖީއެމްއާރު އެއްބަސްވުމަކީ އުފެދުނު އިރުވެސް ބާތިލް އެއްޗެއް ކަމަށް ބުނެ ވަހީދުގެ ސަރުކާރުން އެއްބަސްވުން އުވާލުމުން ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެ ކުންފުނިން އެދުމުން އާބިޓްރޭޝަނުން ނިންމީ ބަދަލުގެގޮތުގައި ދިވެހި ސަރުކާރުން 271 މިލިއަން ޑޮލަރު ދެއްކުމަށެވެ. އެފައިސާ ދެއްކީ ރައީސް ޔާމިންގެ ސަރުކާރުންނެެވެ. އަދި އެފައިސާ ދެއްކުމަށްފަހު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ލޯނު ނަގައިގެން ފެށީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.

Hanimaadhoo Airport akee sarahahdhee airline ehge hub ah hadhaa, e airline aa gulhigen e airport hingumun Dhivehinnah libeyne faidhaa bodu vaane. Mulhi Bodu Uthuruge tharahgee ah fahi vaane.
— Mohamed Nasheed (@MohamedNasheed) January 2, 2026
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ރާއްޖެއިން ބޭރުގެ ބަޔަކާ ހަވާލުނުކުރާނެ ކަމަށާއި އެ އެއާޕޯޓް ހިންގާނީ ދިވެހި ސަރުކާރުންކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ. އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށްފަހު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުގައެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލަކާއި، 2.7 ކިލޯމީޓަރުގެ ދިގު ރަންވޭ އެއް ހިމެނޭ ގޮތަށެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސަރަޙައްދީ އެއަރލައިންތަކުގެ މައި ހަބަކަށް ހެދުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ވީއައިއޭ ހިންގުމަށް 25 އަހަރަށް އިންޑިއާގެ ޖީއެމްއާރާ ހަވާލުކޮށްފައި ވަނިކޮށް ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.
ޖީއެމްއާރު އެއްބަސްވުމަކީ އުފެދުނު އިރުވެސް ބާތިލް އެއްޗެއް ކަމަށް ބުނެ ވަހީދުގެ ސަރުކާރުން އެއްބަސްވުން އުވާލުމުން ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެ ކުންފުނިން އެދުމުން އާބިޓްރޭޝަނުން ނިންމީ ބަދަލުގެގޮތުގައި ދިވެހި ސަރުކާރުން 271 މިލިއަން ޑޮލަރު ދެއްކުމަށެވެ. އެފައިސާ ދެއްކީ ރައީސް ޔާމިންގެ ސަރުކާރުންނެެވެ. އަދި އެފައިސާ ދެއްކުމަށްފަހު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ލޯނު ނަގައިގެން ފެށީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.
ކިޔުންތެރިންގެ ހިޔާލު