ތ. ހިރިލަންދޫ / އައްސޭރި، ޙަސަން ޙަލީމް (51އ)
ތ. ހިރިލަންދޫ / އައްސޭރި، ޙަސަން ޙަލީމް (51އ)
ތ. ހިރިލަންދުއަށް 2 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ހިރިލަންދޫ / އައްސޭރި، ޙަސަން ޙަލީމް (51އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޖަނަވަރީ 1 ވަނަ ދުވަހު ހިރިލަންދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

"ހިރިލަންދޫ ބަނދަރުމަތިން އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވޭ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 2.40 ގުރާމު." ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޙަސަން ޙަލީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު