ރާސް މޯލްޑިވްސް ކުންފުނީގެ ނަމުގައި ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރެކުރި މައްސަލައިގައި ހައްޔަރު ކުރި އެކުންފުނީގެ އެމްޑީގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
ރާސް މޯލްޑިވްސް އަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް، ވިޔަފާރި ހިންގުމަށް މީގެ 16 އަހަރު ކުރިން ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އެ ކުންފުނީގެ އެމްޑީ ގދ. ތިނަދޫ / ގޯލްޑަން ހައުސް، މުހައްމަދު އާދިލް، (57އ) އާއި، ހއ. ހޯރަފުށި / ޢާފިޔާ، އަޙްމަދު ޢަލީ (47އ) އެވެ. ކޯޓު އަމުރުގައި ވާގޮތުން އަހްމަދު އަލީ އަކީ އެ މުދާ ކްލިއަރ ކުރުމަށް ކުންފުނީގެ ފަރާތުން ދިޔަ މީހާއެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައި ފާސްކުއިރު އެމުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ. އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދު ކޮށްގެންނެވެ.
އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ ކަމަށާއި، އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހުއެވެ. އަދި މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 27 ވަނަ ދުވަހުއެވެ.
އެދެމީހުންގެ ތެރެއިން އަޙްމަދު ޢަލީގެ ބަންދަށް މީގެ ކުރިން 10 ދުވަސް ޖަހާފައިވާއިރު، އާދިލްގެ ބަންދަށް ފުރަތަމަ ޖެހި 5 ދުވަސް ހަމަވާތީ، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.
ފުލުހުން ބުނީ މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު