އެމެރިކާއިން ވައިގެ މަގުން ވެނެޒުއޭލާގެ ވެރިރަށް ކަރަކަސް އަށް ހަމަލާދީފި ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
ދުނިޔޭގެ ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރި ގޮތުގައި ވެނެޒުއޭލާގެ ވެރިރަށުން މީގެ އިރުކޮޅެއް ކުރިން ވަނީ ބާރުގަދަ އަޑުތަކެއް ގޮވާ އަޑު އިވިފައެވެ.
ވެނެޒުއޭލާގެ ވެރިރަށް ކަރަކަަަސްގައި އެއާ ރެއިޑް ސައިރަންގެ އަޑު އިވެމުންދާ ކަމަށާއި، ސިޓީގެ މަތިން މަތިންދާބޯޓުތައް އުދުހޭ އަޑު އިވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާތަނަށް ލިބިފައިވާ ކުރީގެ ރިޕޯޓްތަކަށް ބަލާއިރު، ކަރަކަސްގައި ހުންނަ 'ޖެނެރަލިސިމޯ ފްރެންސިސްކޯ ޑި މިރަންޑާ އެއާ ބޭސް' އަށް އަމާޒުކޮށް ބާރުގަދަ ގޮވުންތަކެއް ވަނީ ގޮއްވާލާފައެވެ.
ކަރަކަސްގައި އިވުނު ފުރަތަމަ ގޮވުންތަކަށް ފަހު، 'ލާ ގުއައިރާ' ސަރަހައްދުންވެސް މިހާރު ވަނީ ގޮވުންތަކުގެ އަޑު އިވިފައެވެ.
މީގެ އިތުރުން 'ފޯޓް ޓިއުނާ' ސަރަހައްދުން ދުން އަރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ހަނގުރާމަމަތީ މަތިންދާބޯޓުތައް ވަރަށް ތިރިން އުދުހެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ މީގެ ކުރިން ބުނެފައިވަނީ އެމެރިކާއިން އުޅެނީ ވެނެޒުއޭލާގެ ވެރިކަން ފުރޮޅާލަން ކަމަށެވެ. ނަމަވެސް އެމެރިކާއިން ވަނީ މީގެ ކުރިން މިކަން ދޮގު ކޮށްފައްފައެވެ.

BREAKING: US is attacking Venezuela pic.twitter.com/TtMVGHFjtm
— Ashvaq Fauzee (@Ashvarg) January 3, 2026
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ މީގެ ކުރިން ބުނެފައިވަނީ އެމެރިކާއިން އުޅެނީ ވެނެޒުއޭލާގެ ވެރިކަން ފުރޮޅާލަން ކަމަށެވެ. ނަމަވެސް އެމެރިކާއިން ވަނީ މީގެ ކުރިން މިކަން ދޮގު ކޮށްފައްފައެވެ.
ކިޔުންތެރިންގެ ހިޔާލު