ހުކުރު ޚުތުބާ ދިނުމުގައި މިހާރު އޮތް އުސޫލަށް ބަދަލު ގެނައުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައްދު ދެއްވައިފިއެވެ.
މީސް މީޑިއާ މެދުވެރި ކުރައްވައި ޑރ. ޝަހީމް މި ރައްދު ދެއްވީ، ޚުތުބާ ކިޔުމުގެ މިނިވަންކަން ޚަތީބުންނަށް އޮންނަންޖެހޭނެ ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ޑރ. ޝަހީމް ވިދާޅުވީ ޑރ. އަޙްމަދަށް ވަރަށް އިޙްތިރާމް ކުރަށްވާ ކަމަށާއި، ނަމަވެސް ޑރ. އަޙްމަދު ފާޅު ކުރެއްވި ޚިޔާލު ރަނގަޅު ނޫން ކަމަށެވެ.
އެގޮތުން ވަޒީރު ޝަހީމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޚަތީބުންނަކީ އަމިއްލައަށް ޚުތުބާ ތައްޔާރުކޮށްގެން ދެވޭ ފެންވަރުގެ ބައެއް ނޫން ކަމަށެވެ. އަދި އަމިއްލައަށް ނުބަލާ ޚުތުބާ ދިނުމުގެ ޤާބިލްކަން ހުންނަނީ ވަރަށް މަދު ޢިލްމުވެރިއެއްގެ ކިބައިގައި ކަމަށާއި، އެފަދަ ބޭފުޅުންނަށް މިހާރުވެސް އެ ފުރުޞަތު އޮންނަކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. ނަމަވެސް، އެގޮތަށް ޚުތުބާ ދެއްވާ ބައެއް ބޭފުޅުން ޚުތުބާ ދިގުކުރުމުގެ ސަބަބުން ރައްޔިތުންގެ މަސްލަހަތަށް ގެއްލުންވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ހައްދެއް އިމެއް ނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވާލައިފިނަމަ، ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެ. އަޅުގަނޑުމެން އެކަމަށް ޖާގައެއް ނުދޭނަން،" ވަޒީރު ވިދާޅުވިއެވެ.
އޭގެއިތުރުން ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގައި ޚުތުބާގެ ކަންކަން ކުރިއަށްދަނީ ދީނީ އެއްބައިވަންތަކަމާއި ޤައުމީ މަސްލަހަތަށް ރިޢާޔަތްކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި ޚުތުބާ ދިނުން މިނިވަންކޮށްފައި އޮންނަ ޤައުމުތަކުގައި ތަފާތު ފިކުރުތަކާއި ޖަމާޢަތްތައް އުފެދި، އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ޚުތުބާ ކިޔުމުގެ ސަބަބުން ހަމަނުޖެހުން އުފެދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ޒަމާނުއްސުރެ އޮތް ޚުތުބާގެ ނިޒާމަކީ އިސްލާމީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް މިއަދު ނަމޫނާއަކަށް ބަލާ ނިޒާމެއް ކަމަށާއި، ކުރީގެ ސަރުކާރުތަކުންވެސް މި ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް އެގޮތުގައި މިކަން ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
މީގެ އިތުރުން، ޚުތުބާގެ މައުޟޫތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ފެށީ މުޖުތަމަޢަށް އެންމެ ބޭނުންތެރި މައުޟޫތަކަށް ޚުތުބާ ތައްޔާރުކުރުމަށް ކަމަށާއި، ސުންނަތާ އެއްގޮތަށް ޚުތުބާ ކުރުކުރަން ޖެހޭނެ ކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ހުކުރު ޚުޠުބާއަކީ ކޮންމެހެން އެއް މައުޟޫޢަކަށް ލިޔެގެން ހުރިހައި މިސްކިތެއްގައި އެއްގޮތަކަށް ކިޔަންޖެހޭ އެއްޗެއް ނޫން ކަމަށާއި، ޚުދުމުޚުތާރު ވެރިންނަށް ނަޞޭޙަތް ދިނުމަކީ ޚަޠީބުންގެ ޒިންމާއެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އިއްޔެ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު