މުސްލިމް އަންހެނުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެކަނބަލުންގެ އެންމެ ޒާތީ ކަންކަމުގެ ތެރެއަށް ދަޢުލަތުން ވަދެ ގޮތް ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ، މުސްލިމް އަންހެނުންގެ އަމިއްލަ މިނިވަންކަމާއި ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުގެ މުއައްސަސާތަކުން ވަދެ ނުފޫޒު ފޯރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"މުސްލިމް ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެބައިމީހުންގެ އެންމެ ޒާތީ ކަންކަމުގެ ތެރެއަށް ދަޢުލަތުން ވަދެ ގޮތް ކިޔާކަށް ނުޖެހޭ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އަންހެނުންގެ ހައްގުތަކާއި އަމިއްލަ މިނިވަންކަމާ ގުޅޭގޮތުން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އޭގެއިތުރުން އެމްޑީޕީގެ ރައީސްކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް މުޙައްމަދު ނަޝީދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ވަޒީފާގެ މާޙައުލުގައި އަންހެނުންގެ ހެދުން އެޅުމާއި ސުލޫކީ މިންގަނޑުތަކާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ނިންމުންތަކެއް ނިންމުމާ ގުޅިގެންނެވެ.
އެގޮތުން ސީއެސްސީން ވަނީ، ސިވިލް ސަރވިސްގެ ހެދުން އެޅުމުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައެވެ. ޚާއްޞަކޮށް އަންހެނުންގެ ހެދުން އެޅުމުގެ މިންގަނޑުތައް އިތުރަށް ހަރުކަށިކޮށް އަންހެން ސިވިލް ސާވަންޓުންގެ ހެދުން ހުންނަންޖެހޭ ދިގުމިނާއި ގޮތް ތަފްސީލް ކޮށްފައިވާއިރު ހެދުން އެޅުމުގައި ކަރުވަޅާއި، ފޫކޮޅު ނިވައި ކުރަންޖެހެެެއެެވެ.
އަދި އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ވެސް މަނާ ކަމެކެވެ. ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް އިސްލާހުތަކެއް ގެނެސް އާގަވާއިދެއް އާންމުކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އާންމު ރައްޔިތަކު އެ ކަމާ ގުޅޭގޮތުން ޝުއޫރުތަކެއް ފާޅުކޮށްފައި ވަނިކޮށްކަން ފާހަގަކުރެވެއެެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑުތަކަށް ގެނައި ބަދަލުތަކަށް ރައީސް ނަޝީދު ފާޑުވިދާޅުވެފައިވާއިރު، އެމަނިކުފާނަކީ އަބަދުވެސް އިންސާނީ ހައްގުތަކާއި އަމިއްލަ މިނިވަންކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ. މިއަދު އެމަނިކުފާނު މި ފާޅުކުރެއްވި ޚިޔާލަކީވެސް، ވަކިވަކި ފަރުދުންގެ ޒާތީ ކަންކަމުގެ ތެރެއަށް ސަރުކާރުން ނުވަތަ ދައުލަތުން ނުފޫޒު ފޯރުވުމާ ދެކޮޅަށް ކުރެއްވި އިޝާރާތެއް ކަމަށް މީސްމީޑިއާގައި ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.

Muslim jinsunlatheefunge zeenaiytheri kamaai nazaahaiytheri kan hifehettumuge namuga e baimeehunge enme zaathee kankamuge thereah dhaulathun vadhe goiy kiyaakah nujehey.
— Mohamed Nasheed (@MohamedNasheed) January 3, 2026
އަންހެނުންގެ ހައްގުތަކާއި އަމިއްލަ މިނިވަންކަމާ ގުޅޭގޮތުން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އޭގެއިތުރުން އެމްޑީޕީގެ ރައީސްކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް މުޙައްމަދު ނަޝީދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ވަޒީފާގެ މާޙައުލުގައި އަންހެނުންގެ ހެދުން އެޅުމާއި ސުލޫކީ މިންގަނޑުތަކާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ނިންމުންތަކެއް ނިންމުމާ ގުޅިގެންނެވެ.
އެގޮތުން ސީއެސްސީން ވަނީ، ސިވިލް ސަރވިސްގެ ހެދުން އެޅުމުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައެވެ. ޚާއްޞަކޮށް އަންހެނުންގެ ހެދުން އެޅުމުގެ މިންގަނޑުތައް އިތުރަށް ހަރުކަށިކޮށް އަންހެން ސިވިލް ސާވަންޓުންގެ ހެދުން ހުންނަންޖެހޭ ދިގުމިނާއި ގޮތް ތަފްސީލް ކޮށްފައިވާއިރު ހެދުން އެޅުމުގައި ކަރުވަޅާއި، ފޫކޮޅު ނިވައި ކުރަންޖެހެެެއެެވެ.
އަދި އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ވެސް މަނާ ކަމެކެވެ. ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް އިސްލާހުތަކެއް ގެނެސް އާގަވާއިދެއް އާންމުކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އާންމު ރައްޔިތަކު އެ ކަމާ ގުޅޭގޮތުން ޝުއޫރުތަކެއް ފާޅުކޮށްފައި ވަނިކޮށްކަން ފާހަގަކުރެވެއެެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑުތަކަށް ގެނައި ބަދަލުތަކަށް ރައީސް ނަޝީދު ފާޑުވިދާޅުވެފައިވާއިރު، އެމަނިކުފާނަކީ އަބަދުވެސް އިންސާނީ ހައްގުތަކާއި އަމިއްލަ މިނިވަންކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ. މިއަދު އެމަނިކުފާނު މި ފާޅުކުރެއްވި ޚިޔާލަކީވެސް، ވަކިވަކި ފަރުދުންގެ ޒާތީ ކަންކަމުގެ ތެރެއަށް ސަރުކާރުން ނުވަތަ ދައުލަތުން ނުފޫޒު ފޯރުވުމާ ދެކޮޅަށް ކުރެއްވި އިޝާރާތެއް ކަމަށް މީސްމީޑިއާގައި ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު