ވެނެޒުއޭލާގެ ރައީސް
ވެނެޒުއޭލާގެ ރައީސް
ވެނެޒުއޭލާއަށް އެމެރިކާ ސިފައިން އަރާ, ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަދި އޭނާގެ އަންހެނުން އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް އިއުލާންކުރައްވައިފިއެވެ.

ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގައި ހޮނިހިރު ދުވަހުގެ ރޭ 2 ޖަހާ އެހާކަންހާއިރު މަދުވެގެން ހަތް ގޮވުމުގެ އަޑާއި، ވަރަށް ތިރިން ބޯޓުތަކެއް އުދުހުނު އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެނެޒުއޭލާގެ ސަރުކާރުން ވަނީ އެމެރިކާއިން އެ ގައުމުގެ އެކި ސްޓޭޓްތަކުގެ މަދަނީ އަދި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ ކަރަކަސް، މިރަންޑާ، އަރަގުއާ އަދި ލަ ގުއައިރާ އަށެވެ.

މި ހާދިސާއާ ގުޅިގެން، ފެޑަރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ ވެނެޒުއޭލާގެ ވައިގެ ސަރަހައްދުގައި އެމެރިކާގެ ފްލައިޓްތައް ދަތުރުކުރުން މަނާކޮށްފައެވެ. އެ އިދާރާއިން މި ފިޔަވަޅު އެޅީ ކަރަކަސްގައި ގޮވުންތައް ހިނގުމުގެ ކުރިން ފެންނަން ހުރި "އަސްކަރީ ހަރަކާތްތަކާ" ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު