އަޝްވާގް ފައުޒީ   3 ޖެނުއަރީ 2026 - 20:35
ވުލްފް މޫން
ވުލްފް މޫން
މިރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަހަރުގެ ފުރަތަމަ ސުޕަމޫން ނުވަތަ "ވުލްފް މޫން" ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.

ހަނދު ބިމާ އެންމެ ކައިރިވާ ވަގުތު ފުރިހަމަވުމުގެ ސަބަބުން ފެންނަ މި ސުޕަމޫން، އާދައިގެ ރޭރެއަށްވުރެ 14 އިންސައްތަ ބޮޑުކޮށް އަދި 30 އިންސައްތަ އިތުރަށް އަލިގަދަކޮށް ފެންނާނެއެވެ.

މި ހިތްގައިމު މަންޒަރު އެންމެ ފުރިހަމައަށް ފެންނަން ފަށާނީ މިރޭ 22:00 ހާއިރު ކަމަށްވާއިރު، މިއީ މިއަހަރު ފެންނާނެ މިފަދަ ހަތަރު ހަނދުގެ ތެރެއިން ފުރަތަމަ ފަހަރެވެ.

މި ހަނދުގެ ސަބަބުން ކަނޑުގެ ދިޔަވަރަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވީ ނަމަވެސް، މީގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ ބިރެއް ނެތް ކަމަށް މާހިރުން ޔަގީންކަން ދެއްވައެވެ.

މިއީ ކައުނުގެ ފުރިހަމަކަން ދައްކުވައިދޭ ރީތި މަންޒަރަކަށް ވުމާއެކު، ގިނަ ބަޔަކު މި ހަނދު ބަލާލުމަށް މިހާރުވެސް ދަނީ އިންތިޒާރު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު