ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އެމެރިކާގެ ސިފައިން ހައްޔަރުކޮށް، ނިއުޔޯކްގެ ޖަލެއްގައި ބަންދުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އެމެރިކާ ސިފައިން ވެނެޒުއޭލާއަށް އަރައި، އެ ގައުމުގެ ވެރިރަށަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށްފަހުގައެވެ.
މަދޫރޯގެ ދެމަފިރިން ހައްޔަރުކޮށްގެން ރޭ ދަންވަރު އެމެރިކާއަށް ގެންދިޔަ މަންޒަރުތައް ބައިނަލްއަގުވާމީ މީޑިއާތަކުން ވަގުތުން ދުރަށް ދައްކާފައިވާއިރު، އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) ގެ ބެލުމުގެ ދަށުން މަދޫރޯ ބޯޓުން ބޭލީ އަތުގައި ބިޑިއަޅުވައިގެންނެވެ.
މަދޫރޯ މިހާރު ބަންދުކޮށްފައިވަނީ ނިއުޔޯކްގެ ޑިޓެންޝަން ސެންޓަރެއްގައި ކަމަށްވާއިރު، އެމެރިކާގެ އެޓަރނީ ޖެނެރަލް ވަނީ އޭނާއާ ދެކޮޅަށް ޖިނާއީ ބޮޑެތި ދައުވާތަކެއް އުފުލުމަށް ނިންމާފައެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ޓެރަރިޒަމަށް ވާގިވެރިވުމުގެ އިތުރުން ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ތުހުމަތުތައް ހިމެނެއެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާގައި ހަމަޖެހުން ގާއިމުވަންދެން އެ ގައުމުގެ އިދާރީ ކަންކަން ބަލަހައްޓާނީ އެމެރިކާއިން ކަމަށާއި، އެ ގައުމުގެ ތެލުގެ ވަސީލަތްތައް ބޭނުންކުރުމުގެ މަސައްކަތް އެމެރިކާގެ ކުންފުނިތަކުން ފަށާނެ ކަމަށެވެ.
މި ކުއްލި ބަދަލާ ގުޅިގެން ވެނެޒުއޭލާގެ ހައިކޯޓުން ވަނީ އެ ގައުމުގެ ހިންގުން ވަގުތީ ގޮތުން ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒްއާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު