ޕީއެންއެފްގެ އެސްޖީ މަލީހް-
ޕީއެންއެފްގެ އެސްޖީ މަލީހް-
ރައްޔިތުންގެ މަޖިލީހުގައި ތިބީ އެޅިހާ ބަތަކަށް ރިހަ ވެފައި ތިބި އަޅުން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި މިވަނީ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކުރުމާ ގުޅިގެންނެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު، މާދަމާގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވައި އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުން ހިމެނެއެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މަލީހް ވިދާޅުވީ ‏ދެއިރުކާ ބޭހެއްހެން ޤާނޫނު އަސާސީއާއި ކުޅުމާ ދެކޮޅު ކަމަށެވެ.

"މިއީވެސް ޤައުމެކޭ! މުއިއްޒުގެ ތުނބުޅި ކޮންމެ ދުވަހަކު ޑިޒައިން ކުރާާހެން ޤާނޫނު އަސާސީ ކޮންމެ ދުވަހަކު ރޭޒަރުން ބޭލުމުގެ އިޚްތިޔާރު ރައްޔިތުން ހަވާލުނުކުރޭ." މަލީހް ވިދާޅުވިއެވެ.

މީހެ އިތުރުން ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް އިޝާރާތްކުރަމުން މަލީހް ވަނީ މަޖިލިހުގައި ތިބީ އެޅިހާ ބަތަކަށް ރިހަވެފަ ތިބި އަޅުން ކަމަށް ވިދާޅުވެފައެވެ.

މަލީޙް މިހެން ވިދާޅުވެފައިވާއިރު މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އެހެނިހެން ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް އިސްލާޙު ގެނައުމަށް ހުށައަޅުއްވާ ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމުގެ އިތުރުން ރީ-އެމްޕްލޯއިމަންޓް ބިލްގެ ކޮމިޓީ ރިޕޯޓަށް ގޮތެއް ނިންމުމާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަކަށް ބޭފުޅަކު އައްޔަނު ކުރުންވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު