މަދޫރޯ އަދި ޗައިނާގެ ރައީސް ޒީ
މަދޫރޯ އަދި ޗައިނާގެ ރައީސް ޒީ
އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާގެ ވެރިރަށް ކަރަކަަސްއަށް ހަމަލާދީ، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ގެންދިޔަ މައްސަލަ ޗައިނާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ބެއިޖިންގްއިން ނެރުނު ބަޔާނެއްގައި، ރައީސް މަދޫރޯގެ ދެމަފިރިން ވަގުތުން މިނިވަންކުރުމަށާއި، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަނީ ގޮވާލާފައެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގި "އިސްތިއުމާރީ" އަމަލެއްގެ ގޮތުގައި ޗައިނާއިން ސިފަކޮށްފައިވެއެވެ.

ޗައިނާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ވެނެޒުއޭލާ އަކީ ޗައިނާއަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދޭ އަދި ވިޔަފާރީގެ ބޮޑު މަސްލަހަތެއް އޮތް ގައުމަކަށް ވާތީ، ބެއިޖިންގްއިން އެ ސަރަހައްދުގެ މަޝްރަހު ވަރަށް ގާތުން ބަލަމުންދެއެވެ. އެމެރިކާގެ ހަރަކާތްތައް ފެށުމުގެ ކުޑައިރުކޮޅެއް ކުރިންވެސް ޗައިނާގެ ވަފުދެއް ވެނެޒުއޭލާގެ އިސްވެރިންނާ ބައްދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް، މި މައްސަލައިގައި ޗައިނާއިން އެމެރިކާއާ ދެކޮޅަށް އަސްކަރީ ނުވަތަ އިގްތިސާދީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު ކުޑަ ކަމަށް އެނަލިސްޓުން ލަފާކުރެއެވެ. ބެލެވޭ ގޮތުގައި ޗައިނާއިން މިކަމަށް ރައްދު ދޭނީ ހަމައެކަނި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިންނެވެ. އެއީ ޗައިނާގެ އަސްކަރީ ސިޔާސަތުތައް ބައްޓަންވެފައިވާ ގޮތުންނާއި، ދުނިޔޭގެ ބާރުގަދަ ދެ ގައުމުގެ މެދުގައި އޮތް ބާރުގެ ތަފާތުތަކަށް ރިއާޔަތްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު