މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި ދެ މީހުން-
މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި ދެ މީހުން-
3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެމީހަކު ހައްޔަރު ކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފަލަކް، ޝާއިން ޢަލީ (27އ) އާއި އއ. ފެރިދޫ / އިޙްރާމްގެ، އާއިޝަތު މާޝާ އަޙްމަދު (20އ) އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު، އެއެޕާޓްމަންޓުން 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ހާމަކުރިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް  ކޯޓަށް ހާޒިރުކުރުމުން ދެ މީހުންނަށްވެސް 5 ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ޑްރަގް އެންފޯސްމަންޓުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު