ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ ހާޒިރުގައި މާލޭގެ ގެއެއް ފުލުހުން ބަލައި ފާސްކޮށްފިއެވެ.
ފުލުހުން ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، ތަޙުޤީޤަށް ބޭނުންވާ ހެކި ހޯދުމަށް މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ސަނީ އުމަރުގެ ހާޒިރުގައި ބަލައި ފާސްކޮށްފައިވަނީ ސަނީ އުމަރުގެ އަންހެނުން ދިރިއުޅޭ ގެއެވެ. ގިނަ އަދަދެއްގެ ފުލުހުންނާއެކު އެ ގެ ބަލައި ފާސްކުރުމަށްފަހު ސަނީ އެގެއިން ނެރުން ގަޑީގައި ބައެއް މީހުން އޭނާއަށް ހަމަލާދޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ފަހު، ޝަރީއަތް ނިމެންދެން ސަނީ ބަންދުކުރީ މިމަހުގެ 2 ވަނަ ދުވަހެވެ.
މި މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު