ދައުރުން ބޭރުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާތަކަކީ ޣައިރު ގާނޫނީ އަދި ގާނޫނުއަސާސީއާ ހިލާފު ޖަލްސާތަކެއް ކަމަށް ނިންމައި އެ ޖަލްސާތައް ބޮއިކޮޓް ކުރަން އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕުން ނިންމައިފި އެވެ.
އިއްޔެގައިވެސް މަޖިލީހުން ދައުރުގެ ބޭރު ޖަލްސާއެއް ބާއްވާފައިވާއިރު މިއަދުވެސް އިތުރު ޖަލްސާއެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު މަޖިލީހުން ބާއްވާ ޖަލްސާތަކަކީ، ގާނޫނު އަސާސީއާ ޚިލާފު ޖަލްސާތަކެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.
މިގޮތުން، އެ ކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް ޖަލްސާތައް "ބޮއިކޮޓް" ކުރުމަށް ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުޑޫ އިތުރަށް ވިދާޅުވީ، ޗުއްޓީގައި މަޖިލިސް އޮއްވައި، އެކަށީގެންވާ ނޯޓިސްއެއް ނުދީ، ދައުރުން ބޭރު ޖަލްސާތައް ބާއްވަނީ، ގާނޫނު އަސާސީއަށް ގެންނަން އުޅޭ އިސްލާހުތައް އަވަހަށް ފާސްކުރުމަށް ކަމަށެވެ. އެއީ، ގާނޫނު އަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާ ޚިލާފު ކަމެއްކަން މެންބަރު ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ. އެ ކަމަކީ، ރައްޔިތުން ތަމްސީލު ކުރުމުގެ ހައްގަށް ހުރަސް އެޅޭނެ ކަމެއް ކަމަށް މެންބަރު ކުޑޫ ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގައި މިހާރު އެމްޑީޕީ ތަމްސީލު ކުރައްވަނީ، އެންމެ 12 މެންބަރުން ކަމަށްވާއިރު، އިއްޔެގެ ޖަލްސާގެ ތަޅުމުގައި ވެސް އެމްޑީޕީ މެންބަރުން ވަނީ އަވަސް އަރުވާލައިގެން ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ޖަލްސާތައް ބާއްވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަޖިލީހުން ކުއްލި ޖަލްސާތަކެއް ބާއްވަމުންދަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި ޕެންޝަން ގާނޫނަށް ބަދަލު ގެނައުމުގެ އިތުރުން އެޗްއާރުސީއެމްގެ ރައީސްއަކަށް މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރު ރަމީލާ އައްޔަން ކުރުން ފަދަ ބައެއް ކަންކަން ތާވަލުކޮށްގެން ކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު