އެމެރިކާ ސިފައިން ވެނެޒުއޭލާއަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން، ވެނެޒުއޭލާގެ ސަރުކާރުން ވަނީ ގައުމީ ފެންވަރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އެ ހަމަލާއަށް ތާއީދުކުރާ ނުވަތަ އެކަމުގައި އެހީތެރިވާ ކޮންމެ މީހަކު ހޯދައި ހައްޔަރުކުރުމަށް ފުލުހުންނަށް އަމުރުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ހާއްސަ ގަރާރުގައި ބުނެފައިވަނީ، އެމެރިކާގެ އަސްކަރީ ހަމަލާ ޕްރޮމޯޓްކުރުމުގައި ނުވަތަ އެކަމަށް އެއްވެސް ސިފައެއްގައި އެހީތެރިވެދޭ އެންމެން ހޯދައި، "ސާޗް އެންޑް ކެޕްޗަރ" އޮޕަރޭޝަނެއް މުޅި ގައުމުގައި ވަގުތުން ފެށުމަށް ފުލުހުންނަށް އަމުރުކުރާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް "އޮޕަރޭޝަން އެބްސޮލިއުޓް ރިޒޯލްވް" ގެ ނަމުގައި ޖެނުއަރީ 3 ވަނަ ދުވަހު ދިން މި ހަމަލާގައި، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ވަނީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހަމަލާގައި ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްގެ މުހިންމު އަސްކަރީ މަރުކަޒުތަކަށް ބޮން އަޅާފައިވެއެވެ.
މަޑޫރޯގެ ވެރިކަން ވެއްޓުމަށްފަހު، ވެނެޒުއޭލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގި "ވަގަށް ނެގުމެއް" ކަމަށް ސިފަކުރައްވާފައެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އެމެރިކާއިން ދިން އަސްކަރީ ހަމަލާއަށް ހިތްވަރުދޭ ނުވަތަ އެކަމުގައި ބައިވެރިވާ އެންމެން ހޯދައި ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަގުތުން ފަށަންޖެހޭނެ" ކަމަށެވެ.
މި އަމުރުގެ ދަށުން މިހާރުވެސް ވެނެޒުއޭލާގެ އެކި ސަރަހައްދުތަކުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެމެރިކާއިން ބުނެފައިވަނީ މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުންނަށް ނިއުޔޯކްގެ ކޯޓެއްގައި "ނާކޯ-ޓެރަރިޒަމް" ގެ ދައުވާ އުފުލާނެ ކަމަށެވެ.
ވެނެޒުއޭލާގެ މަސްރަހު މިހާރު އޮތީ ނުހަނު ނުތަނަވަސްކޮށެވެ. ގިނަ ބަޔަކު ގޭގައި މަޑުކުރަމުންދާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ މަގުތަކަށް ނުކުމެ އެމެރިކާއާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު