ތައްޔާރުކޮށްލަން ފަސޭހަވެފައި ރަހަ މީރުވުމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި މަގުބޫލު އިންސްޓަންޓް ނޫޑުލްސްއަކީ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާ އެއްޗެއްކަމަށް ވިދާޅުވެ މަޝްހޫރު ފިޒިޝަން ޑރ. މުހައްމަދު އަލީ އިންޒާރު ދެއްވައިފިއެވެ.
ޑރ. މުހައްމަދު އަލީ ފާހަގަކުރެއްވި ގޮތުގައި، ނޫޑުލްސްއާއެކު ލިބޭ ލޮނު ޕެކެޓުގައި އެކަނިވެސް 1500 އާއި 2000 މިލިގްރާމާ ދެމެދުގެ އަދަދަކަށް ސޯޑިއަމް ހިމެނެއެވެ. މިއީ އިންސާނެއްގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ މިންވަރަށްވުރެ 70 އާއި 100 އިންސައްތަ އިތުރު އަދަދެކެވެ. މިހާ ގިނަ އަދަދަކަށް ސޯޑިއަމް ހަށިގަނޑަށް އެތެރެވުމުގެ ސަބަބުން ލޭމައްޗަށް ދިއުމާއި، ހާޓް އެޓޭކް، ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ޖެހުމަށް މަގުފަހިވެގެންދެއެވެ.
ނޫޑުލްސް ތައްޔާރުކުރުމުގައި ބޭނުންކުރާ ޕާމް އޮއިލްގެ ސަބަބުން ހަށިގަނޑަށް ގެއްލުންދެނިވި ސެޗުރޭޓަޑް ފެޓްސް ލިބި، ކޮލެސްޓްރޯލް މަތިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް "ޓްރައިގްލިސަރައިޑް" ކޮލެސްޓްރޯލް މަތިވުމުގެ ސަބަބުން ފެޓީ ލިވަރ ނުވަތަ ފުރަމޭގައި ސަރުބީ އުފެދުމާއި، ބަނޑުގައި ސަރުބީ އުފެދުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. މީގެ އިތުރުން، ނޫޑުލްސްއަކީ ރިފައިންޑް ފްލޯ ނުވަތަ ފުށުން ތައްޔާރުކޮށްފައިވާ އެއްޗަކަށް ވުމުން، އޭގައި ކާބޯހައިޑްރޭޓްސް ގިނަވެފައި، ފައިބަރާއި ޕްރޮޓީން އަދި ވިޓަމިންސް ފަދަ ހަށިގަނޑަށް ބޭނުންތެރި މާއްދާތައް ހުންނަނީ ވަރަށް މަދުންނެވެ. މީގެ ސަބަބުން ބަނޑުފުރޭ މިންވަރު ކުޑަވެ، އަވަހަށް ބަނޑުހައިވުމާއި ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ.
ނޫޑުލްސްގައި ހިމެނޭ "މޮނޯސޯޑިއަމް ގުލޫޓަމޭޓް" (އެމް.އެސް.ޖީ) އާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، މިއީ އާންމުކޮށް ބޭނުންކުރުން ހުއްދަ މާއްދާއެއް ނަމަވެސް ބައެއް މީހުންނަށް މީގެ ސަބަބުން ބޮލުގައި ރިހުމާއި މޫނުމައްޗަށް ހޫނުވުން ފަދަ އުނދަގޫތައް ކުރިމަތިވާ ކަމަށެވެ. އަދި ޖަނަވާރުން ބޭނުންކޮށްގެން ހަދާފައިވާ ބައެއް ދިރާސާތަކުން ނޫޑުލްސްގައި ހިމެނޭ ބައެއް ކެމިކަލްތަކުގެ ސަބަބުން ޓިއުމަރު އުފެދޭކަން ފާހަގަވެފައިވީ ނަމަވެސް، އިންސާނުންނަށް މީގެން ކެންސަރު ޖެހޭކަން އަދި ސީދާ ސާބިތުވެފައެއް ނުވެއެވެ. އެހެންނަމަވެސް، މީގައި ހިމެނޭ ބަރު މައުދަންތަކާއި އެކި ކެމިކަލްތަކަކީ ހަށިގަނޑަށް ނުރައްކާތެރި ތަކެތިކަމަށް ޑޮކްޓަރު ފާހަގަކުރެއެވެ. އެހެންކަމުން،
ދިރިއުޅުމުގެ އާންމު ކެއުމުގެ ތެރޭގައި ނޫޑުލްސް ނުހިމެނުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރައްވަމުން ޑރ. މުހައްމަދު އަލީ ވަނީ ނޫޑުލްސް ކާންޖެހިއްޖެ ހާލަތެއްގައިވެސް، އޭގައި ހިމެނޭ ލޮނު ޕެކެޓުގެ ދެބައިކުޅަ އެއްބައި ބޭނުންކުރުމަށް ނުވަތަ އަމިއްލައަށް ތައްޔާރުކުރާ ސޯސްއެއް ބޭނުންކުރުމަށް ލަފާދެއްވާފައެވެ. މީގެ އިތުރުން، ނޫޑުލްސް ކާއިރު ގިނައިން ތަރުކާރީ ހިމެނުމަކީ އޭގެން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަމެއް ކަމަށްވެސް ޑރ. މުހައްމަދު އަލީ ވަނީ ފާހަގަކުރަވާފައިއެވެ.

ކިޔުންތެރިންގެ ހިޔާލު