މާލޭގައި ރޭ ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން 2 މީހަކަށް ވަގުތީ އެހީތެރިކަން ދީފިއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، ވަގުތީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ، އަލިފާން ރޯވި އިމާރާތާއި، އިންވެގެން ހުރި ގޭގެ އެޕަރޓްމަންޓެއްގެ ފެން ހޮޅިއަކަށް ގެއްލުންވެގެން އެގެއިން ފެނުގެ ޚިދުމަތް ކެނޑިފައިވާތީ ކަމަށެވެ.
އެގޮތުން އެ އެޕަރޓްމަންޓްގައި ދިރިއުޅެމުންދިޔަ 2 މީހުންގެ ޢާއިލާއަކަށް ރެއިން ފެށިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަވާ ކަމަށާއި، ފެނުގެ ނިޒާމަށް ލިބުނު ގެއްލުން ދެނެގަނެ އެކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އެންޑީއެމްއޭއިން މަޢުލޫމާތު ދީފައިވެއެވެ.
މާލޭގެ ސައިރިކްސް ކޮލެޖު ހުންނަ ސަރަހައްދުގައި ހުރި ގ. ވިންޓަރހައުސް - 3 ގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ ރޭ 23:56 ހާއިރުއެވެ
މިޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު